
ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް އޮޅުވާލާ ދޮގުހަދަމުންދާތީވެ، ރައްޔިތުންގެ ދޫމަތީ ބަހަކީ މިހާރު "ޑރ ކައްޒާބު" ކަމަަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެެއްޖެ އެވެ.
މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން މަލީހް ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ މިހާރު ދޮގު ހަދާ ހަދާ އޮޅޭ ހިސާބަށް ގޮސްފައި ކަމަށެވެ.
އެމަނިކުފާނު ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު އަދި މަޖިލިސް އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ގާތައް ގޮސް ވެފައިވާ ވައުދުތަކުގެ މަތިން ހަނދުމަ ނެތި، ފެނިގެންދަނީ ބަހާއި އަމަލާއި ދިމާނުވާ މަންޒަރެވެ.










