March 24, 2026
Advertisement
ޕީއެންސީ ހަރުގެ
ޕީއެންސީ ހަރުގެ / ސޯޝަލް މީޑިއާ

ޕީއެންސީ ހަރުގެ ޖަލްސާއަށް ތަރުހީބު ނުލިބޭތީ، އެ ޕާޓީން ވިއުސް ގަންނަނީ!

Aishath Naja
އައިޝަތު ނަޖާ
Aug 27, 2024, 01:52 AM
މާލެ ސިޓީ

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ ހަރުގޭގައި ކުރިޔަށްގެންދާ ޖަލްސާތަކަށް ތަރުހީބު ނުލިބޭތީ، ވިއުސް ގަންނަކަން ހާމަވެއްޖެ އެވެ.

Advertisement

ތޭރަ އޮންލައިން އަށް މައުލޫމާތު ލިބުނުގޮތުގައި އެ ޕާޓީގެ ހަރުގެ ޖަލްސާ ފޭސްބުކް މެދުވެރިކޮށް ލައިވް ކުރާއިރު، އެ ލައިވް ބަލަމުންގެންދާ ފަރާތްތައް މަދުވުމުގެ ސަބަބުން އެ ޕާޓީން ވަނީ މިރޭ އެ ޕާޓީގެ ހަރުގެ ޖަލްސާ ކުރިޔަށްދާއިރު އެ ޕާޓީއަށާއި ސަރުކާރަށް ތާއިދު އޮތްކަން ހާމަކުރުމަށް "ފޭސްބުކް ވިއުސް" ގަންނަން ނިންމާފައެވެ.

ޕީއެންސީ ހަރުގެ ޖަލްސާ ކުރިޔަށްދާއިރު އެ ޖަގަހަ ބެލުމަށް ފޭސްބުކްގައި އާންމުކޮށް ތިބެނީ އެންމެ 80-90 ވަރަކަށް މީހުންނެވެ.

މިކަމުންވެސް ދޭހަވަނީ އެ ޕާޓީއަށް ތަރުހީބު ނެތް މިންވަރެވެ.

ފޭސްބުކް ލައިވް ވިއުސް އަކީ ފަސޭހައިން ގަނެވެން ހުންނަ އެއްޗަކަށްވާއިރު، ތޭރަ އޮންލައިން އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް ފަރާތެއް ބުނީ އެ ޕާޓީން ފޭސްބުކް ލައިވް އަށް ވިއުސް ގަންނަނީ "ޔޫސް ވައިރަލް" ނަމަކަށް ކިޔާ ވެބްސައިޓަކުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved