ޓިކްޓޮކް ލައިވްގައި ދެ މީހަކު ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީއަށް ފުރައްސާރަކޮށް އަބަރު ކަތިލަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ދިވެހިންގެ އިޖުތިމާއީ ފޭރާމާ ހިލާފަށް އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ލައިވްއެއް ކުރިޔަށްގެންދިޔަ ފިރިހެނެއްގެ ވާހަކަ ލައިޝާ ވަނީ ރާއްޖެ ޓީވީ މެދުވެރިކޮށް ޚަބަރެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ލައިޝާގެ އެ ހަބަރާއި ގުޅިގެން އިތުރު ލައިވްތަކެއް ވަނީ ޓިކްޓޮކްގައި ކުރިއަށް ގެންގޮސްފަ އެވެ. ދެ މީހަކު ނޫސްވެރިޔާ ލައިޝާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި ނޫސްވެރިޔާގެ އަބުރު ވަނީ ކަތިލައިފަ އެވެ.
މި މައްސަލަ ލައިޝާ ވަނީ މިހާރު ފުލުހުންގެ ހިދުމަތައް ހުށަހަޅާފައެވެ. އަދި ފުލުހުން ވަނީ މި މައްސަލަ ބަލަން ވެސް ފަށާފަ އެވެ.