May 1, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ނަޝީދާ އަޅުގަނޑާ ކިތަންމެ ހިޔާލު ތަފާތުވިނަމަވެސް، ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރަން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Aug 27, 2024, 03:56 AM
މާލެ ސިޓީ

ކުރީގެ ރައީސް ނަޝީދާ ކިތަންމެ ހިޔާލު ތަފާތު ނަމަވެސް އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފްގެ ފަރާތުން ދި ފްރޮންޓް އޮފީހުގައި ހޯމަ ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދާ ސިޔާސިީ ގޮތުން ވަރަށް ބޮޑަށް ހިޔާލް ތަފާތުވާނެކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދަށް ހަމަލާ ދިނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ވަރުގެ ކަމެއް ނޫންކަމަށެވެ.

އެކަމަކީ ގައުމުގެ ހައްގުގައި ކުރެއްވި ކަމެއްކަމަށް ނަމަވެސް މިހާރުގެ ރައީސް ގައުމުގެ ހައްގުގައި ކުރައްވަނީ ކޮންކަމެއްތޯ އައްސަވާ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފަ އެވެ.

ގައުމުގެ ހައްގުގައި މުއިއްްޒު ކުރައްވަނީ ކިއެއްތޯ؟ ބޮޑެތި ކުށްވެރިން ކައިރިކޮށްގެން އެއުޅެނީ. ބޮޑެތި މުޖްރިމުން ކައިރިކޮށްގެން އެއުޅެނީ.

ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ 14 މިލިއަން ރުފިޔާ އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ނެންގެވީ އޭރު ކެބިނެޓް ތެރޭ ދެކެވޭ ވާހަކަތައް ބޭރުކޮށް ޖާސޫސް ކުރުމުން ކަމަށް ތުހުމަތުކުރައްވާފައެވެ.

އޭގެއިތުރުން މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ފެނިގެން މިދަނީ ބޮޑެތި މުޖުރިމުން ކައިރިކޮށްގެން އުޅޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved