May 2, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ތޭރަ އޮންލައިން

ރިޓަޔާކޮށްފަ ހުއްޓަސް ޖިނާއީ މައްސަލަތަކުގެ ގޮތުގައި ތުހުމަތު ކުރެވޭ މީހުންނަށް ތަހުގީގު ހިންގެންޖެހޭނެ: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Aug 27, 2024, 04:01 AM
މާލެ ސިޓީ

2016 ވަނަ އަހަރު ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް އަށް އަމާޒުކޮށްގެން ދިން ނިރުބަވެރި ހަމަލާ ރާވާ އެކަމުގައި ބައިވެރިވި ފުލުހުންގެ އިދާރާގެ "އޮފިސަރުން" މިހާރު ރިޓަޔާކޮށްފައި ތިބި ކަމުގައިވިޔަސް އެ ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގު ހިންގެން ޖެހޭނެ ކަމަށް ރައީސް ޔާމީން ގޮވާލައްވާފިއެވެ.

Advertisement

ޕީއެންއެފްއިން ކުރިއަށް ގެންގޮސްފައިވާ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރައީސްއަކަށް އަމާޒުކޮށްގެން ދިން މިފަދަ ނުރައްކާތެރި ހަމަލާއަކީ އެހާ ފަސޭހައިން ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި މިއީ ވަކި ފަރުދަކާއި ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ.

އަދުުލު އިންސާފު ގާއިމުކުރުމަށް ހުވާ ކޮށްގެން ތިބި ގައުމެއްގެ ފުލުހުންގެ ބޭފުޅުން މިފަދަ ނުބައި ސްކީމެއް ރާވާ ހިންގި ފަރާތްތައް މިހާރުގެ ރައީސް މުއިއްޒުގެ އަރިސް ބޭފުޅުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދާތަން ފެނިގެން ދިޔުމަކީ މި 05 އަހަރު ތެރޭގައި ރާއްޖޭގައި އަދުލު އިންސާފު ގާއިމުނުވާނެކަން ހާމަވެގެންދާ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރިޓަޔާކޮށްފައި ހުއްޓަސް މިފަދަ ފަރާތްތަކާއި މެދު ފުރިހަމަ ތަހުގީގު ހިންގާ ގާނޫނާއި ގަވާއިދުގެ ދަށުން އަދަބު ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، ކޯޓުތަކަށް އަތް ބޭނުން ނިމުމަކަށް ގެންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިޔަސް ފާއިތުވި ފަސް އަހަރުވެސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދެވީ އެމަނިކުފާނު ޖަލުން ސަލާމަތްވާނެ ހުރިހާ މަގެއް ބަންދުކޮށް ވެރިކަމަށް އަންނަން މަގު ކޮށުން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް ނަޝީދާ ކިތަންމެ ހިޔާލު ތަފާތު ނަމަވެސް އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved