March 24, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ފެންވަރުގެ ކެބިނެޓެއް އެކުލަވާލާނެކަމަށް ވިދާޅުވި އިރު ދަށުފަށަލައިގައި ތިބީ ހުސް މުޖުރިމުން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Aug 27, 2024, 04:54 AM
މާލެ ސިޓީ

ފެންވަރުގެ ކެބިނެޓެއް އެކުލަވާލާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު އެކުލަވާލި ކެބިނެޓްގެ ދަށުފަށަލައިގައި ތިބީ ހުސް މުޖުރިމުންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ދަ ފްރޮންޓް އޮފީހުގައި ހޯމަ ދުވަހުގެ ރޭ ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރައްޔިތުން ގަބޫލުކުރާނެ، އިލްމީ ގާބިލް ކެބިނެޓެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު މިއަދު އެ ކެބިނަޓަކުން އެ މަންޒަރު ނުފެންނަ ކަމަށެވެ.

އޭގެބަދަލުގައި ފެންނަނީ އެ ކެބިނެޓްގައި ހުސް މުޖުރިމުން ތިބި މަންޒަރުކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފަ އެވެ.

މުޅި ދިވެހިރާއްޖޭގެ ވެސް ހުރިހާ އެންމެން ވެސް ގަބޫލުކުރާ ފެންވަރުގެ ވަރުގަދަ ކެބިނެޓެއް ނަންގަވާ ވާހަކަ ވިދާޅުވީ އިނގޭތޯ. ދެން އޭގެ ދަށުފަށަލާގައި ތިބި ވަޒީރުންގެ ގޮތުގައި މިތިބީ ބޮޑެތި މުޖުރިމުން ނޫންތޯ؟ ދެން ކިހިނެއްތޯ ރައްްޔިތުންގެ ކުރިމަތީ މިކަހަލަ ކަންކަމުގައި ދެކޮޅު ޖައްސަނީ.

ރައީސް ޔާމީން ވިދާޅުވިއެވެ

ކެބިނެޓް އެކުލަވާލުމުގައި ރައީސް މުއިއްޒު ފެއިލްވެފައިވާ މިންވަރު ހާމަކޮށްދެއްވަމުން ރައީސް ޔާމީން ވަނީ މިފަދަ ކަންކަން މިގޮތައް ހުރިއިރު ރައްޔިތުންނާ ރައީސް މުއިއްޒު ކުރިމަތިލައްވާނީ ކިހިނަކުންތޯ އައްސަވާ ރައީސް މުއިއްޒުގެ އަމަލުތަކަށް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved