May 4, 2026
Advertisement
މި ސަރުކާރުން ގަނެފައިވާ ކުރީގެ އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅަނީ
މި ސަރުކާރުން ގަނެފައިވާ ކުރީގެ އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅަނީ / ތޭރަ އޮންލައިން

ޖަލްސާ ފެށުމާ އެކު ސަރުކާރުގެ މެމްބަރުން ރިޔާސަތުގެ މައިކް ނަގައިފި

Aishath Naja
އައިޝަތު ނަޖާ
Jan 29, 2024, 01:40 AM
މާލެ ސިޓީ

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި އާދިއްތަ ދުވަހު ފެށި ޖަލްސާ ރޭގަނޑު ކުރިއަށް ގެންދަން މަސައްކަތް ފެށުމާ އެކު ސަރުކާރަށް ތާއީދުކުރާ ކުރީގެ އެމްޑީޕީ މެމްބަރުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހުރަސް އެޅުމަށްފަހު ރިޔާސަތުގެ މޭޒުގައި އިން މައިކްރޮފޯން އަތުލައިފި އެވެ.

Advertisement

ރައްޔިންގެ މަޖިލީހުން ޖަލްސާ ލައިވްކޮށްފައިވާއިރު، މަންޒަރުތަކުން ފެންނަ ގޮތުގައި ރިޔާސަތުގެ މޭޒުގައި އިން މައިކްރޮފޯން ނަގައިގެން ގެންދިޔައީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދުކަން ފާހަގަކޮށްލެވެއެވެ.

ރާޝިދަކީ އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ވުމަށް ފަހު ވެރިކަން ބަދަލުވުމާ އެކު ރައީސް ރިޝްވަތު ދިނުމުން ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވި މެމްބަރުންގެ ތެރެއިން އެއް މެމްބަރުކަން ފާހަގަކޮށްލެވެއެވެ.

ރިޔާސަތުގެ މޭޒުގެ ކައިރީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން ތިބެފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުގައި މަޖިލީހުގެ ސަލާމަތީ ކަންތައްތަައް ބަލަހައްޓާ އޮފިސަރުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މިސަބަބާހުރެ މަޖިލިސް ވަނީ މެދުކަނޑާލެވިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved