ފައްޔާޒް އިސްމާއިލް / އެމްޕީއެލް
ސިޔާސީ
ބޭންކުގެ ނިންމުން އެއީ ބަޣާވަތެކޭ ބުނުމަކީ ލަދުވެތިކަމެއް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ
Aishath Naja
އައިޝަތު ނަޖާ
27 އޯގަސްޓު 2024
މާލެ ސިޓީ

އާދިއްތަ ދުވަހު ރައްޔިތުންގެ ބޭންކުން ކުރަން އުޅުނީ ބަޣާވާތެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވުމުން އެއީ ލަދުވެތިކަމެއް ކަމަށާއި ބޭންކަށް ނުފޫޒު ފޯރުވައި، ޖިނާއީ ތުހުމަތުތަކެއް ކުރުމުން މުޅި މާލީ ނިޒާމު ފުނޑިދާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީން މިއަދު ބޭއސްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ އިއްޔެ އެއީ ދިވެހިރާއްޖޭގެ ދިގު ތާރީހުގައި ލަދުވެތި ދުވަހެއްކަމަށާއި ދިވެހިރާއްޖޭގެ ވެރިއަކު، ދިވެހި ސަރުކާރުން ނުކުމެ، މާލީ ބަގާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކި ވާހައަކީ މިތާ ތިބެގެން ދައްކަން ވެސް ލަދުވެތި ވާހަކައެއް ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އިއްޔެ ރައީސް މުއިއްޒު އެ ކުރެއްވީ މުޅި ދިވެހިރާއްޖޭގެ މާލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލާވަރުގެ ކަމެއްކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި ތިބީ ސަރުކާރުގެ ހަތަރު މެންބަރުން ކަމަށާއި ބާކީ ތިބި ފަސް ބޯޑު މެންބަރުންނަކީ ސަރުކާރުގެ ބައެއް ނޫން ކަމަށެވެ.

އެހެންނަމަވެސް ބީއެމްއެލްގެ ބޯޑުގައި މިހާރު ތިބި ނުވަ މެންބަރުންގެ ތެރެއިން ހަ މެންބަރުންނަކީ މިދިޔަ މެއި މަހު އޮތް އެ ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ސަރުކާރުން ހުށަހަޅައިގެން އައްޔަނު ކޮށްފައި ތިބި ބައެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved