March 24, 2026
Advertisement
އެމްޑީޕިއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕިއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / އެމްޑީޕީ

ޕޮލިސް ކޮމިޝަނަރުގެ އިސްތިއުފާއަށް އެމްޑީޕީއިން ގޮވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 27, 2024, 10:41 PM
މާލެ ސިޓީ

ފުލުހުންގެ ކޮމިޝަނަރ އަލީ ޝުޖާއު އިސްތިއުފާ ދިނުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ގޮވާލައިފި އެވެ.

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތައް ލިމިޓު ކުރުން އިދިކޮޅު ފަރާތްތަކާ ގުޅުވައި އެ މައްސަލަ މާލީ ބަގާވާތެއްގެ ގޮތުގައި ސިފަކޮށް އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އިއްޔެއަކީ ފުލުހުންގެ އިދާރާއަށް ލަދުވެތި ދުވަހެއް ކަމަށް ވިދާޅުވެފައެވެ.

ފަސް އަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައި ވާނީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން ޕްރޮފެޝަނަލް އިދާރާއަކަށް ހެދުމަށް. އިއްޔެ ފެނިގެން ދިޔައީ އެންމެ ކަމަކުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ތަނެއް ދޮރެއް ނުބަލައި ފުލުހުން ކަންކަން ކުރަމުންދާތަން. މި ފުރުސަތުގައި ގޮވާލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދިނުމަށް. ޕޮލިހުންގެ ހުރުމަތް ހިފެހެއްޓުމަށް އިސްތިއުފާ ވެސް ދޭން އެބަޖެހޭ

ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، ރޭ ޕީއެންސީގެ ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ އެއީ މާލީ ބަގާވާތެއް ކަމަށް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ޝިޔާމް ވިދާޅުވީ ރޭ ގަޑިން 08:53 ގައެވެ.

އޭގޭ ފަހުން 10 މިނެޓު ތެރޭ ފުލުހުން ވަނީ އެއީ މާލީ ބަގާވާތެއް ގެންނަން ކުރި ކަމެއްކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށާ މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved