March 9, 2026
Advertisement
ހައްޔަރުކުރި ބަންގްލަދޭޝް މީހާ
ހައްޔަރުކުރި ބަންގްލަދޭޝް މީހާ / ސޯޝަލް މީޑިއާ

80,000 އަށްވުރެ ގިނަ ޑޮލަރާއެކު ރާއްޖެއިން ފުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި!

Aminath Zara
އައިމިނަތު ޒާރާ
Aug 27, 2024, 10:41 PM
މާލެ ސިޓީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ގަވާއިދާ ހިލާފަށް 80,000 އަށްވުރެ ގިނަ ޑޮލަރު ހިފައިގެން ބަންގްލަދޭޝްއަށް ފުރަން އުޅުނު އެޤައުމަށް ނިސްބަތްވާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Advertisement

މި މައްސަލާގައި އޭވިއޭޝަން ކޮމާންޑުން މިމަހު 25 ވަނަ ދުވަހު ހިފަހަށްޓައި ބަލައި ފާސްކުރީ ބަންގްލަދާެޝް މީހެއް ކަމަށްވާ ޝަހްމިން އިސްލާމް ޝަގުރް އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ ގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ،  ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81,030 އެމެރިކާ ޑޮލަރު އަތުލައިގެންފައިވާކަމަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާއެވެ.

މި މީހާ ފުރަން ހަމަޖެހިފައި އޮތީ ބަންގްލަދޭޝްގެ ބަންގްލާ އެއާލައިން ފްލައިޓް ނަންބަރު BS338 ފްލައިޓުންނެވެ.

ޑޮލަރުތައް ހުރިކަން އެނގުނީ އެމީހާގެ ފޮށި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށާ، މި ފައިސާ އޭނާ ވަނީ ފޮށިތެރޭގައި ނުފެންނާނެހެން ވަރަށް ރަނގަޅަށް ރައްކާކޮށްފައި ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved