ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެމަނިކުފާނު ހައްޔަރުކޮށް ޖަލަށް ލާ އަވަހާރަކޮށްލަން އުޅުނުކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ރައީސް ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން ނެރުވި އަމުރާ ގުޅިގެން އެ ކޯޓުގެ އޭރުގެ ގާޒީ ނިހާނު ހައްޔަރުކޮށް ތަހުގީގުކުރުމަށް ފަހު ނެރުނު ފޮރެންސިކު ރިޕޯޓުންނެވެ.
އެ ރިޕޯޓުގެ ޕްރެސެންޓޭޝަނެއް ވަނީ ހޯމަ ދުވަހުގެރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވަނީ ހުށަހަޅާދީފައެވެ. ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު ވަނީ އެ ރިޕޯޓޫގެ ތަފްސީލު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންދިއުމަށް ފަހު ތިން ނަމްބަރު ގޮޅީގައި ބެހެއްޓުމަށް ފަހު އެމަނިކުފާނު ދަން ޖައްސާ އަވަހާރަކޮށްލުމަށް ފަހު އެމަނިކުފާނު އަމިއްލައަށް ދަންޖެހުނީ ކަން ދައްކާ މައްސަލަ އޮއްބާލަން ވެސް ރާވާފައިވާކަން އެ ރިޕޯޓުން ހާމަވެއެވެ.
އަލްކަޓްރާސް ގޮޅީގައި ބަހައްޓަން ރާވާފައި އޮތީ. އެއީ އެކަހެރިކޮށް ހުންނަ ތަނެއް. އެތަނުގައި ބެހެއްޓުމަށްފަހު މިމީހުން ޑިއުޓީގައި އެތަނުގައި ތިބެން ވަނީ ރާވާފައި. މަންނާނުއާ އަލީ ރަޝީދު އާވެސް ހިމެނޭހެން. މުޅި ނިޒާމުގެ ފައިސާގެ ކަންކަން ހަމަޖައްސަމުން ދިޔައި އަދީބު. ސައިފް ސޮޓުގެ ބެލުމުގެ ދަށުން އޭނަ ބޭނުންވާ މީހުން ނަގައިގެން ފޭދޫ ފިނޮޅުގައި އެކަމަށް ބޭނުންވާ އިތުރު ތަމްރީނުތައް ދިނުމަށް ވެސް ރާވާފައިވޭ. ރައީސް ޔާމީން ހައްޔަރުކޮށް ތިން ނަމްބަރު ގޮޅީގައި އެމީހުން ރައީސް ޔާމީން ދަން ޖައްސަން ރޭވީ.
ޕާޕާ އިތުރަށް ވިދާޅުވީ، އެކަން ﷲގެ ރަހްމަތްފުޅުން ނާކާމިޔާބުވީ އެކަމުގައި ބައިވެރިވާން ނިންމާފައި ތިބި އެމްއެންޑީޢެފު މީހުން ފަހުން އެކަމުގައި ބައިވެރިނުވެ ހިލާލީ ގޭ ދޮށަށް އާންމުން ޖަމާވެ އެތަނަށް ފުރަތަމަ އެސްއޯ ފުލުހުން ބަދަލުކޮށް ފަހުން ޕްލޭނުގައި ނުހިމެނޭ އެސްއޯ ފުލުހުން ގޮސް ތަނުން މީހުން ފޮނުވާލުމުން ކަމަށާ އޭރުގެ ސީޕީއަށް ވެސް އެކަމުގެ މައުލުމާތު އެނގޭ ކަމަށެވެ.