ސިނަމާލެ ބުރިޖުގެ އެއް ލޭނު ގެއްލުވާލި މައްސަލައިގައި ކުރީގެ ހައުސިންގ މިނިސްޓަރ އަދި އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒަށް ރައީސް ޔާމީނު ބަވާލިކަމަށް މަޖިލިސް ރައީސް އަދުރޭ ބުނެފިއެވެ.
އަދުރޭ މިފަދައިން ބުނެފައި ވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިޔުއެއްގަ އެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަށް ކައިރިވެފައި ވަނިކޮށް ސިނަމާލެ ބްރިޖު ހުޅުވުމުގެ ތައްޔާރީތައް ހިނގަމުންދިޔަ ދުވަސްވަރު ޕީޕީއެމް އޮފީހުގައި އޮތް ބައްދަލްވުމެއްގައި ބުރިޖު އެއް ލޭނު މަދުކަން އެނގިވަޑައިގަތީ އެ ދުވަހު ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒަށް ކޯފާވެވަޑައިގެން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިކަމަށާއި ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން އެމަނިކުފާނަށް ނިސްބަތްކޮށް ވާހަކަ ދެއްކެވި ކަމަށް އަދުރޭ ވަނީ ބުނެފައެވެ.
އަދި އެވަގުތު ކެބިނެޓްގެ ވަޒީރުންނާއި ޕީޕީއެމްގެ އިސްވެރީން ވެސް އެ ބައްދަލްވުމުގައި ތިއްބެވި ކަމަށް ވެސް އަދުރޭ ފާހަގަކުރެއްވި އެވެ.
ސިނަމާލެ ބުރިޖުން އެއް ލޭނު ގެއްލުވާލީ ރައީސް މުއިއްޒުކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެއެވެ.