ޤާނޫނީ ސަރުކާރު ބަދަލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ހިމެނޭހެން ގެންނަން އުޅުނު ކަމަށް ބުނާ ބަޣާވާތާއި ގުޅޭ ތަހުގީގު ފަށައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ހޯމަދުވަހު ފުލުހުން ނެރުނު ނޫސްބަޔާނާއި ގުޅުންހުރި އިތުރު ބައެއް މައުލޫމާތު މިއަދު ހުސްކުރަމުންނެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ އެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަމަށެވެ.
ހޯމަ ދުވަހުގެ ރޭ ޕީއެންސީ ހައުސްގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ބީއެމްއެލް އިން ހިންގީ ބަޣާވާތެއްގެ ގޮތުގައި ސިފަކޮށް ބޭންކަށް އޮތް އިތުބާރު ދުނިޔޭގެ ލެވެލްގައިވެސް ގެއްލުވާލާފައެވެ.