އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ފައްޔާޒު ވާހަކަ ދައްކަވަނީ / އެމްޑީޕީ
ސިޔާސީ
ފައްޔާޒްގެ ސުވާލެއް ސަރުކާރަށް: އަމިއްލަ ނުކުޅެދުންތެރިކަން ކުރީ ސަރުކާރުގެ ބޮލަށް ޖަހައިގެން ތިބެވޭނީ ކިހާ ދުވަހެއް ވަންދެން؟
Aishath Naja
އައިޝަތު ނަޖާ
29 އޯގަސްޓު 2024
މާލެ ސިޓީ

އަމިއްލަަ ނުކުޅެދުންތެރިކަން ކުރީގެ ސަރުކާރުގެ ބޮލަށް ޖަހައިގެން އަދުގެ ސަރުކާރަށް ތިބެވޭނީ ކިހާދުވަހެއް ވަންދެންތޯ ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ސުވާލު ކުރަށްވައިފިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވެދާނެ ކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ އެ ވާހަކަ އަކީ ރާއްޖޭގެ ރޭޓިންގ ދަށްވުމުގެ "ފެހި ސިގްނަލް" އެއް ލިބިގެން ދައްކަވާ ވާހަކައެއް ކަމަށް ހީފުޅުވާ ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ކަމުން ރެކުމުގެ ބަދަލުގައި ޤާބިލު ބަޔަކާ އަވަހަށް ގައުމު ހަވާލުކުރަން ޖެހޭ ކަމަށެވެ. ފައްޔާޒު ވަނީ އަމިއްލަ ނުކުޅެދުންތެރިކަން ކުރީ ސަރުކާރުގެ ބޮލަށް ޖަހައިގެން އެ ލަވައިގައި ރައްޔިތުން ޖައްސައިގެން ތިބެވޭނީ ކިހާ ދުވަހެއް ވަންދެންތޯ ވެސް ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ ބޭންކަކީ ބަޣާވާތުން ވެރިކަން ވެއްޓުމުގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރުގެ ވެރިން ސިފަކުރުމަކީ ވެސް "ދުނިޔޭގެ މާލީ މިންގަނޑުތަކާ އެއްވަރަށް ކަންކަން ގެނައުމަށް" ކުރާ މަސައްކަތުގެ ބައެއް ނުވަތަ ކަމެއްތޯވެސް އައްސަވާ ފައްޔާޒް ވަނީ ސުވާލު އަމާޒުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved