ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
އަބްދުއްރަހީމް ދަނީ ޅަ ނޫސްވެރިންގެ އަތުން ބޭނެމުން: ރައީސް ޔާމީން
Aishath Naja
އައިޝަތު ނަޖާ
29 އޯގަސްޓު 2024
މާލެ ސިޓީ

ރައޔްިތުންގެ މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާރ ޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދަނީ ޅަ ނޫސްވެރިންގެ އަތުން ބޭނެމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި އުސްތާޒް އަލީ ޝާހްއާ ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފެނިގެންދަނީ އަދުރޭ އަށް ޖަވާބު ނުދެވިގެން ރުޅިގަދަވާ މަންޒަރުކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އަދުރޭ ގިނަފަހަރަށް އެއް ވާހަކައެއް ދެގޮތަަކަށް ދައްކަވާކަމަށާއި ދެން ފެނިގެންދަނީ ވަރަށް ގިނަކަންކަން އެނގޭ މީހަކަށް ވެގެން އުޅޭ މަންޒަރުކަަމަށެވެެ.

ދެން ގޮސް، ނޫސްވެރިންގެ ތެރެއިން ވަރަށް ޅަ ކުދީންގެ އަތުން ބޭނިގެން މި ނިމިގެންދަނީ އިނގޭތޯ. ޖަވާބު ނުދެވިގެން، ރުޅިގަދަވެގެން، ހުއްޓާލާފަ، އެކަހަލަ ގޮތަކަށް މިދަނީ.

- ރައީސް ޔާމީން ވިދާޅުވި އެވެ.

2013-2018 ގައި ރައީސް ޔާމީން ވެރިކަން ކުރެއްވި އިރު ދައުލަތް ހިންގަވަން ޖެހޭގޮތުގެ އެއްވެސް މަޝްވަރާއެއް އަދުރޭއާއެކު ކޮށްފައި ނުވާނެ ކަމަށާއި އަދުރޭ ހުންނެވީ އެމަނިކުފާނުގެ "ކޮންސަލްޓެންޓްއެއް" ގެ ގޮތުގައި ނޫންކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved