March 28, 2026
Advertisement
ރަައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރަައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ފިނިފެންމާ ލޯންޗް ގޮއްވާލުން އެއީ ޑްރާމާއެއްކަމަށް ބުނެ ސުވާލު އުފެއްދުމުން، ހީވާނީ އޭގެ ސްކްރިޕްޓް ލިޔުނީ އަބްދުއްރަހީމްހެން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Aug 30, 2024, 03:54 AM
މާލެ ސިޓީ

2015 އަހަރު ފިނިފެންމާ ލޯންޗް ތެރޭގައި އެއްޗެއް ގޮވުން އެއީ ކުޅުނު ޑްރާމެއްބާއޭ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިތައް އަރުވާ ސުވާލު އުފެއްދެވުމުން، އެ ޑްރާމާގެ ސްކްރިޕްޓް ލިޔުއްވީ އަދުރޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

ދާދިފަހުން ސަންގު ޓީވީއަށް އަރައި އަދުރޭ ވަނީ ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮވުން އެއީ ރައިސް ޔާމީން ކުޅުއްވި ޑްރާމާއެއްކަމަށް ވިދާޅުވެފައެވެ.

އަދުރޭގެ މިވާހަކަޔަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ޑްރާމާއެއް ކަމަށްވަންޏާ އެ ޑްރާމާގެ ސްކްރިޕްޓް ލިޔުނީ އަދުރޭކަަމަށެވެ.

އަޅުގަނޑަށް ހީވަނީ އެ ޑްރާމާގެ ސްކްރިޕްޓް ލިޔެދީފައި އެޔޮތީ އަބްދުއްރަހީމްހެން. އެ ޑްރާމާގެ ސްކްރިޕްޓް ލިޔެދީފައި އެޔޮތީ އަބްދުއްރަހީމްހެން. އެއީ އޭގެ ކުރީގައި ދެއްކެވި ވާހަކައެއް ނޫން މިހާރު އޭނާ އެ ދައްކަވަނީ.

ރައީސްނ ޔާމީން ވިދާޅުވިއެވެ

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އަދުރޭ މީގެ ކުރިން ފިނިފެންމާ ލޯންޗް ތެރޭ އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅުވާ ވާހަކަ ދެއްކެވީ މިހާރު އެ ދައްކަވާ ގޮތަކަށް ނޫންކަމަށެވެ.

އިތުރަށް ރައީސް ޔާމީން ވަނީ އަދުރޭ އެފަދަ ޣައިރު ޒިންމާދާރު ވާހަކައެއް ބުނުމުން ހޯމްލޭންޑް އެންޑް ސެކިޔުރިޓީގެ މިނިސްޓަރު އަލީ އިހުސާން އެކަމަށް ޖަވާބުދާރީ ނުވުމަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރައްވާ މޭރަމުން ވަނީ ވާހަކަދައްކަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved