March 29, 2026
Advertisement
ރަައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރަައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ނަސޭހަތެއް އަދުރޭއަށް: އަޅުގަނޑުމެންގެ ވެރިންވެސް ވަމާހޭ ހެޔޮބަސް އަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކަށް

Aishath Naja
އައިޝަތު ނަޖާ
Aug 30, 2024, 11:43 AM
މާލެ ސިޓީ

އަދުގެ ސަރުކާރުގެ ވެެރިންވެސް ހެޔޮބަސް އަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކަށްވުމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ނަސޭހަތްތެރިވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މި މޭރަމުން ނަސޭހަތްތެރިވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައެވެ.

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުންނާއި ބުރާސްފަތި ދުވަހުގެ ޖަލްސާގައި ވާހަކަދެއްކެވި އުސްތާޒް އަލީ ޝާހްގެ ވާހަކަތަކުން ޱދޭހަވަނީ ރައީސް މުއިއްޒުވެސް އަދި އަދުރޭގެ ބަހަކަށް އެކަނި ބުރަދަން ދީގެން ޝަރީއަތުގެ މަޖިލީހުގަ ބަލައެއް ނުގަނެވޭނެ ކަމަށެވެ.

އަދި އަހަރެމެންގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއާ ކަމަށް ވާއިރު، ޝަރީއާގައި މި ދެބޭފުޅުންގެ ބަސް ބަލައި ނުގަނެވޭ އިރު އާއްމު ރައްޔިތުން  މިދެބޭފުޅުންގެ ވާހަކަތައް ބަލައިގަންނަން ޖެހޭތޯ ވިދާޅުވެ ރައީސް ޔާމީން ސުވާލުއުފެއްދެވިއެވެ.

އެހެންވީމާ ޑރ މުއިއްޒު ވިދާޅުވާ ހެން އަޅުގަނޑުމެންގެ ވެރިންވެސް ހެޔޮބަސް އަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކަށް ވަމާ ހިނގާ

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަޤާމަކަށް މީހަކަށް އާދެވިދާނެ ކަމާއި، އެކަމު އެމަޤާމަކަށް މީހަކަށް ކޮމާންޑު ކުރާނީ އޭނާގެ ކެރެކްޓަރ ގައި އެކަމެއް ހުރީމަކަމަށެވެ.

އަދި ރައީސް ޔާމީން ރުހުނަސް ނުރުހުނަސް މަޖިލީހުގެ ރައީސަކަށް އަދުރޭގެ ހުންނަވާއިރު އަދުރޭގެ ކޮމާންޑަކަށް ރައްޔިތުންގެ ތެރޭގައިވެސް ރައްޔިތުންގެ މަޖިލީހުގައިވެސް ރެސްޕެކްޓް ނުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved