ސަހްޔޫނީންނަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ދިވެހި ޒުވާނުންތަކެއް ސިލްސިލާކޮށް ބާއްވަމުންދާ އެއްވުން މި ހަފްތާގައިވެސް ބާއްވައިފިއެވެ.
2024 އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ޕިއްޒާ ހަޓް އަދި ކޭއެފްސީ ކުރިމަތީ ބޭއްވި މި އެއްވުމުގައި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ.
"ޔޫތް ފޯ ޔުނިޓީ" ނަމުގައި ހިންގަމުން އަންނަ މި ޒުވާނުން ވަނީ ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ކުރުމަށާއި އެ ފަރާތްތަކަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ބޯޑުތައް ހިފައިގެން އެއްވެ ޝުއޫރު ފާޅުކޮށްފައެވެ.
މި ފަރާތްތަކަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ބައެއް ކަން ފާހަގަކުރެވިފައިވެއެވެ.
ދިވެހިން އެކި ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ދިފާއިގައި އަޑުއުފުލަމުން ދާއިރު، ސަރުކާރުން އަންނަނީ މިފަދަ ފަރާތްތަކާއި މެދު ފުލުހުންގެ ބާރު ބޭނުންކޮށްގެން ހުއްޓުވަމުންކަން ފާހަގަކުރެވިފައިވެއެވެ.