ގެއްލިގެން ހޯދަމުންދާ ތަސްލީމް / ސޯޝަލް މީޑިއާ
ހަބަރު
ތަސްލީމް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
Aishath Naja
އައިޝަތު ނަޖާ
31 އޯގަސްޓު 2024
މާލެ ސިޓީ

ކ.ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް އިއްޔެ ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް އޭނާ ގެއްލުނީ މޫދަށްކަން ކަށަވަރު ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ ތަސްލީމު ހޯދުމުގެ މަސައްކަތުން މިހާތަނަށް އެ ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން ބަލާފައިވާ ކަމަށެވެ.

އަދި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ބަލާފައިވާ ކަމަށްވެސް ސިފައިން ބުނެފައިވެއެވެ.

ފުލުހުން "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ ތަސްލީމު އެންމެ ފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާ އެކު ދަތުރުދިޔަ މީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި/ ހުކުރު) ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved