March 24, 2026
Advertisement
ޕީއެންއެފްގެ ޖަލްސާ ތެރެއިން
ޕީއެންއެފްގެ ޖަލްސާ ތެރެއިން / ތޭރަ އޮންލައިން

ދޮގުގެ ތޫފާނެއް ކުރިމަތިވި ގައުމަކަށް ދިވެހީންގެ ރާއްޖެ ވީބާ: ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 1, 2024, 04:39 PM
މާލެ ސިޓީ

ދޮގުގެ ތޫފާނެއް ކުރިމަތިވި ގައުމަކަށް ދިވެހީންގެ ރާއްޖެ ވީތޯ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ސުވާލުއުފައްދަވައިފިއެވެ.

Advertisement

ހުސެއިން މިފަދައިން ސުވާލު އުފައްދަވާފައިވަނި ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

ބެލެވޭ ގޮތުގައި އެޕޯސްޓުގައި ހުސެއިން ފާދުވިދާޅުވެ ނުރުހުން ފާޅުކުރައްވާފައި ވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ކަންކަމުގައި އިތުރުފުޅު ހައްދަވަމުން ގެންދަވާތީ އެކަންކަމާ ގުޅިގެންނެވެ.

އެގޮތުން ހުސެއިން ވަނީ ތެދު ފޮރުވަން ދޮގުހަދަމުންގޮސް ދޮގު ހުސްވާވަރަށް ދޮގުހެދޭނެތޯ އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ.

މީގެ އިތުރުން ދޮގުގެ ތޫފާނެއް ގައުމަކަށް ކުރިމަތިވި ގައުމަކަށް ދިވެހީންގެ ރާއްޖެ ވީތޯ ވެސް ހުސެއިން ވަނީ ސުވާލު ކުރައްވާފައެވެ.

ހަމަ އެހެންމެ ދޮގެއް ހުސް ނުވާނެކަމަށާ ތެދު ފޮރުވާ ދޮގު ތެދުކުރަން އުޅެގެން ކުރިއެއް ނުލިބޭނެކަމަށް ވެސް ހުސެއިން ވިދާޅުވެފައިވެއެވެ. އަދި ދުނިޔޭގެ ތާރީހުގައި ގައުމެއްގެ ވެރިއަކު ރައްޔިތުންނަށް އެންމެ ގިނައިން ދޮގުހެދި ވެރިއެއްގެ ލަގަބާއި ޝަރަފު ހައްގުވާ ހިސާބަށް އަދުގެ ދިވެހީންގެ ރާއްޖޭގެ ވެރިމީހާގެ ކަންކަން ގޮއްސިކަން ވެސް ހުސެއިން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved