March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ފެހި ސިގްނަލްގައި އައި މީހުންނާ ހުރެ ރައްޔިތުން ރަތް ސިގްނަލަށް ވެއްޓިއްޖެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 1, 2024, 09:53 PM
މާލެ ސިޓީ

ގައުމުގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ފެހި ސިގްނަލް ދެމުން އައި ސަރުކާރުގެ ވެރިންނާ ހުރެ ރައްޔިތުން ރަތް ސިގްނަލަށް ވެއްޓިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ފިޗުން ރާއްޖޭގެ ރޭޓިން ތިން މަސް ތެރޭ ދެ ފަހަރަކަށް ދަށް ކުރުމާ އަދި ބޭންކުން ޑޮލަރޔ ލިމިޓު ކުރުމުގައި ނެގި ފިޔަވަޅާ އެކީ ސަރުކާރުން ކަންކަންކުރި ގޮތަށް އަލި އަޅުވާލައްވާ ވާހަަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސް ޔާމީން ވަނީ، ބީއެމްއެލުން ކުރީ ބަޣާވާތެއް ކަމަށް ބުނެ ފުލުހުންގެ ހިދުމަތަށް ނުފޫޒު ފޯރުވައިގެން ތަހުގީގުކުރަމޚި ނާތަހުޒީބުކަމެއް ކަމަށާ އެއީ ބަޣާވާތެއް ކަމަށް ބެލެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެ ތުހުމަތުގެ ސަބަބުން ދިވެހީންގެ ބޭންކުގެ އިތުބާރު ރައްޔިތުން ކުރިމަތީ ގެއްލިއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑީވްސްއަށް މިދިމާވި ކަމުގައި ބޮޑަށް ޒިންމާ ނަގަން ޖެހޭނީ ފިނޭންސް މިނިސްޓަރު. ރާއްޖޭގައި ސާރކިއުލޭޓު ނުވާ އެއްޗަކަށް ޑޮލަރު ވާއިރު، ޑޮލަރު ދެން ހޯދޭނެ ގޮތަކަށް އޮންނާނީ، ބޭންކުން އެކި ކަންކަމަށް ރިޒޯޓުތަކުން ލިބިގެން ކަހަލަ ގޮތަކަށްކަމަށްވާއިރު ޑޮލަރު ފަހި ކޮށްދޭން ދެން އޮންނާނީ، މިނިސްޓަރ އޮފް ފިނޭންސް. އޭނަ ނެތް އެކަން ކޮށްފައެއް. އަދި މިިކަމުގައި އެއްޗެއް ބުނެފައެއް ވެސް. މިއަށް ކިޔާ އުޅެނީ ލޯންޑްރީ ޕަބްލިކގަ ދޮވުން. މިއޮތީ، ދާރޓީ ލޯންޑްރިން މިއޮތީ ޕަބްލިކުގަ ދޮވެފައި. މިކަން ނުކޮށް އެތެރެ އެތެރެއިން އެޑަޖްސްޓު ކުރެވޭނެކަމެކޭ. ދެންމެ ބައެއް ބޭފުޅުން ވިދާޅުވި ފަދައިން މިއި މިދަޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބެލް އަޅަމުން އަންނަ ކަމެއް، އޭރު ފެހި ސިގްނަލް މިހާރު ރަތް ސިގްނަލް

ރައީސް ޔާމީން

މީގެ އިތުރުން ބީއެމްއެލްގެ މައްސަލައަކީ ފުލުހުންނަށް ބެލޭނެކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved