މަޖިލިސް ރައީސްގެ މަގާމުގައި ހުރި އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) އަށް މިހާރު ބޮޑު ބަދަލުތަކެއް އައިސް ހެޔޮ ނުވައި ވަކި ނުކުރެވޭ ވަރުވެފައި ހުރި ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށާ އެ ބަދަލު އަދުރޭއަށް އައީ ޕީއެންއެފްގެ ފްރޮންޓު އޮފީހުގެ ޖަލްސާތަކުގެ ހޫނު ގަދަވެގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އަދުރޭއާ ރައިސް މުހައްމަދު މުއިއްޒަކީ ދޮގު ހަދާ ބައެއްކަން މިހާރު މުޅި ގައުމަށް ވެސް އެނގިފައިވާ ކަމަށާ އެހެންކަމުން އަދުރޭމެންނަި އިސްލާމީ ޝަރީއަތުގައި ހެކިންގެ ގޮތުގައިވެސް ބަލައި ނުގަންނާނެބައެއް ކަަމަށެވެ.
އިތުރަށް ރައީސް ޔާމީން ވިދާޅުވީ، އަދުރޭއަށް ބަދަލު އައިސްގެން އުޅެނީ ޕީއެންސީގެ ވެރިކަމެއް އައިސް ބާރު ލިބުމުން ކަމަށް ތުހުމަތު ކުރި ނަމަވެސް އެކަންވީ އެހެން ނޫން ކަމަށާ އެކަމުގެ ފަހަތުގައި އޮތީ ފްރޮންޓު އޮފީހުގެ ޖަލްސާތަކުގައި ސަރުކާރުގެ ކަންކަމަށް ދޭ ރައްދުތައް ސައްހަވެފައި ވަރުގަދަ ކަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަންދުއްރަހީމު ޕީއެންސީ ސަރުކާރު މިހާރު އައިމަކަ އެއް ނޫން މިހެން މި ވަނީ. އެއީ ފްރޮންޓް އޮފީހުގެ ޖަލްސާތައް ހޫނުވެގެން އައި ބަދަލެއް. އެހެންވީމަ ކުޅަނދުރު ހަތާތައް ފެނި ކުޅަނދުރު ހަތާތައް ސިފަވެގެން ދަނީ ޕިއެންއެފްގެ ފްރޮންޓު އޮފީހުގެ ޕޯޑިއަމް ހޫނު ގަދަވީމަ އިނގޭތޯ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިހާރު ފެންނަ ފެނުމަށް އަދުރޭ ހުރީ ވެސް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ރައީސް ޔާމީން އޭނާއާ އެކު ސަރުކާރު ތެރޭގެ ކަންކަން ކުރިން ހިއްސާކުރި ކަމަށް ދައްކަން ފެތުރީ ދޮގުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.