March 24, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް މުއިއްޒު ވަށައިގެން ތިބީ ރައީސް ޔާމީނަށް އަނިޔާވެރިވި މީހުން: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 3, 2024, 04:35 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަށައިގެން ތިބީ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާވެރިވި މީހުން ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލު މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ސަރުކާރުން އެމަނިކުފާނާ މެދު ކަންކުރަމުން ގެންދާ ނާއިންސާފުވެރި ގޮތުގެ ވާހަކަ ރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ވިދާޅުވެދެއްވާފައެވެ. އަދި މިއީ އިބްރާހިމު މުހަމއްަދު ސޯލިހުގެ ސަރުކާރަށް ވުރެ ގޯސްކޮށް އެމަނިކުފާނާ މެދު ކަންކުރަމުން ގެންދާ ސަރުކާރެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އެކަމަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، މި ދައްކަނީ ލޭނު ގެއްލުނު ވާހަކަ އެކަންޏެއް ނޫންކަމަށާ ހުސް ގޮނޑި ދައްކައިގެން ކުޅުނު ޑްރާމާގެ ވާހަކައާ ވެސް އެކު ކަމަށެވެ.

މީގެ އިތުރުން އިންތިހާބުގެ ދުވަސްވަރު ރައްޔިތުން ކުރިމަތީ، ރައީސް މުހައްމަދު މުއިއްޒު ހެއްދެވި ދޮގުތަކުގެ ވާހަކަވެސް ދަނީ ހާމަވަމުން ކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވެފައިވަނީ. މިއަދު ރައީސް ޔާމީނަށް ތަކުރާރުކުރަނީ އަނިޔާ ކަމަށާ ރައީސް މުއިއްޒު ވަށައިގެން މިހާރު އެންމެ ގިނައިން ތިބީ އޭރު ރައީސް ޔާމީނަށް އަނިޔާވެރިވާން، އެކަން ރޭވި މީހުން ކަމަށެވެ.

އެހެންކަމުން ރައީސް މުއިއްޒު ވަނީ މުނާފިގުވެފައިކަމަށާ ރައީސް މުއިއްޒަށް ކައްޒާބު ކިޔަނީވެސް އެ ފަދަ ދޮގުތައް ހައްދަވާފައިވާތީ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved