March 22, 2026
Advertisement
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު / ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުގައި ހިމެނޭ މީހުންގެ މެދުގައި ކުރިއަށްދަނީ މުބާރާތެއް ކަމަށް ވައިކަރަދޫ ދާއިރާ މެމްބަރު ވިދާޅުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 5, 2024, 04:53 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މީހުންގެ މެދުގައި ކުރިއަށްދަނީ މުބާރާތެއް ކަމަށް ވައިކަރަދޫ ދާއިރާ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

Advertisement

އޭނާ މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ޒިޔާދު ވިދާޅުވީ، މި ސަރުކާރުގައި އަޖއިބު ކުރުވަނިވި ކަންކަން ފެނިގެންދާ ކަމަށާ އެގޮތުން ވެރިން ހަދާ ދޮގުން އެކަނި ވެސް މީހުން ކޮސް ކޮށްލާ ކަމަށެވެ.

ޒިޔާދު އިޝާރާތް ކުރެއްވީ މިފަހަކަށް އައިސް ސަރުކާރުން ރައްޔިތުންނަށް އެކި ކަންކަން އޮޅުވާލަން ކުރަމުން ގެންދާ މަސައްކަތުގައި ހަދަމުންދާ ދޮގުތަކަށް ކަމަށް ބެލެވެއެވެ.

ޒިޔާދު ވިދާޅުވީ، ޒަމާނުއްސުރެ ވުނެ އުޅޭ ބަހެއް އޮންނަ ކަމަށާ އެގޮތުން ދޮގެއް ހަދައިދިފިއްޔާ އެ ދޮގު ފޮރުވަން ހާސް ދޮގު ހަދަންޖެހޭނެ ވާހަކަ ކަމަށެވެ. މިހާރު ސަރުކާރުގެ ތެރެއިން ފެންނަނީ އެ މަންޒަރު ކަމަށާއި، ކަންކަން ކުރައްވަމުން ދަނީވެސް އެމޭރުމުން ކަމަށެވެ.

އެގޮތުން އެންމެ ކަންބޮޑުވާ ކަންތަކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާ ދޮގު، ތެދުކުރަން މުޅި ސަރުކާރު ތެދުނުވާ އެންމެ ފަހަރަކުވެސް ނެތް ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވަނީ މިއީ ސަރުކާރުގެ ބައިވެރިންގެ މެދުގައި ވާދަވެރިކަން އޮތް ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޒިޔާދު ވިދާޅުވީ މި ސަރުކާރުގައި ހިމެނޭ މީހުންގެ މެދުގައި ކުރިއަށްދަނީ މުބާރާތެއް ކަމަށާ އެގޮތުން ރައީސް ކަމެއް ކުރައްވައިފިއްޔާ އެންމެ ކުރިން އެވާހަކަ ދެއްކެނީ ކާކަށްތޯ ބަލާ އެންމެ އަވަހަކަށް އެކަން ކުރަން ކޮންމެ މީހަކުވެސް މަސައްކަތް ކުރާ ކަމަށެވެ.

ވަޒީރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެއްވަޒީރަކަށްވުރެ އަނެއް ވަޒީރު އުޅުއްވީ ރައީސްގެ މޮޅު ވާހަކަދެއްކެވުމުގައި. މަޖްލިސް މެންބަރުންވެސް އުޅުއްވަނީ އެގޮތަށް، އެންމެ ފުރަތަމަ ޓްވީޓްކޮށްފައި ސްކްރީންޝޮޓް ރައީސްއަށް ފޮނުއްވަނީ ކާކަށްތޯވެސް ބައްލަވާ

މެމްބަރު ޒިޔާދު

ޒިޔާދު އިތުރަށް ވިދާޅުވީ، ބީއެމްއެލްއިން ކުރި ކަމަށްބުނާ ބަގާވާތަށްފަހު ވަރަށް ބޮޑަށް ރައީސް މުއިއްޒު ސައިޒުވާތަން ފެނިގެންދާ ކަމަށާ އެމަނިކުފާނުގެ ވާހަކައާއި ރާގުވެސް ބަދަލުވެއްޖެ ކަމަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved