March 28, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން މިހާރު "އެކްސް" ބޭނުންފުޅެއް ނުކުރައްވާ. ދައުރުވަނީ ޕެރޮޑީ އެކައުންޓެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 5, 2024, 05:21 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި "އެކްސް"ގައި ޕެރޮޑީ އެކައުންޓެއް ހަދާ ޕޯސްޓުތަކެއް ދައުރުކުރަމުން ދާކަން ހާމަވެއްޖެއެވެ.

Advertisement

ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާ އަދި ބޭއަދަބީ ބަސްތައްވެސް ބައެއް ފަހަރު ބޭނުންކޮށްފައިވާ އެ ޕޯސްޓުތައް ކޮށްފައި ހުންނަނީ ރައީސް ޔާމީންގެ ނަންފުޅުގައި ހަދާފައިވާ ޕެރޮޑީ އެކައުންޓަކުންނެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން "ތޭރަ އޮންލައިނަށް" މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ދައުރުވަނީ އެމަނިކުފާނުގެ "އެކްސް" އެކައުންޓެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު "އެކްސް" ގައި ޕޯސްޓުކުރެއްވުން ދެ އަހަރެއް ހާ ދުވަސްކުރިން ހުއްޓާލައިފައިވާ ކަމަށެވެ.

ރައީސް ޔާމީން އެންމެ ފަހުން "އެކްސް"ގައި ޕޯސްޓެއް ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. އޭގެ ދެ މަހެއްހާ ފަހުން އެމަނިކުފާނަށް ނުހައްގު ހުކުމެއްކޮށް އެމަނިކުފާނު ޖަލަށް ލުމާއެކު މީސް މީޑިޔާގެ ހުރިހާ މަންސަތަކެއް ބޭނުންކުރުން އެމަނިކުފާނު ވަނީ ހުއްޓާލައްވާފައެވެ.

ރައީސް ޔާމީންގެ ނަންފުޅުގައި ހިންގަމުންދާ އެކްސް އެކައުންޓުގައި އެމަނިކުފާނުގެ ފުރިހަމަ ނަންފުޅާ އެކު (Parody) މިހެން ލިޔެފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ އަސްލު އެކައުންޓުގައި އިންނަނީ ނަންފުޅު އެކަނިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved