February 27, 2026
Advertisement
ވައްޑެ
ވައްޑެ / ތޭރަ އޮންލައިން

ވައްޑެގެ ވަރުގަދަ ސުވާލެއް: މުއިއްޒުގެ ވެރިކަމަށް 9 މަސް، ބަހާއި އަމަލާ ދިމާވެއްޖެތޯ؟

Aishath Naja
އައިޝަތު ނަޖާ
Sep 6, 2024, 03:36 AM
މާލެ ސިޓީ

ރައީސުލުޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަށް 9 މަސްވެއްޖެ ކަމަށް ފާހަގަކޮށް، އެމަނިކުފާނުގެ ބަހާއި އަމަލާ ދިމާވޭތޯ އައްސަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް މަސައްކަތް ކުރައްވާ އެ ޕާޓީގެ މެމްބަރު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވަރުގަދަ ސުވާލެއް އަމާޒުކޮށްފި އެވެ.

Advertisement

ވައްޑެ މިފަދައިން ސުވާލު އުފައްދަވާފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި އުސްތާޒް ޠާލިބަށެވެ. އެގޮތުން އެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ދެއްކެވި ވާހަކައެއްގެ ވީޑިޔޯ ވަނީ ދައްކާފައެވެ. އެ ވީޑިޔޯގައި އެމަނިކުފާނު ވަނީ ރައްޔިތުން ފޫހި ވަނީ ފޫހިވާން ޖެހޭތީ ކަމަށާއި އެއީ ބަހާއި އަމަލާ ދިމާނުވާތީ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެމަނިކުފާނު އެފަދައިން އޭރުގައި ވިދާޅުވެފައިވާއިރު މިހާރު، އެމަނިކުފާނުގެ ވެރިކަމެއްގައި ބަހާއި އަމަލާ ދިމާވޭތޯ ވައްޑެ ވަނީ ސުވާލު ކުރައްވާފައެވެ.

ޕްރެޒެންޓޭޝަންގެ ކުރިން ފެނުނު ވިޑިޔޯގައި މުއިއްޒު ބުނެފި މި ރައްޔިތުން ފޫހިވަނީ ފޫހިވާން ޖެހިގެންނޭ، ފޫހިވަނީ ބަހާއި އަމަލާ ދިމާނުވާތީއޭ. މުއިއްޒުގެ ވެރިކަމަށް 9 މަސް، ބަހާއި އަމަލާ ދިމާވެއްޖެތޯ؟

ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ އެ ސުވާލަށް ޖަވާބު ދެއްވަމުން އުސްތާޒް ޠާލިބް ވިދާޅުވީ މި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަމަށެވެ. އަދި ރައްޔިތުން މިހާރު ތިބީ ސަރުކާރުގެ ދެކެ ވަރަށް ފޫހިވެފައި ކަމަށެވެ.

ވައްޑެގެ އިތުރުން ގިނަ ބަޔަކު އަންނަނީ މި ސަރުކާރުގެ ބަހާއި އަމަލާ އެއްވެސް ވަރަކަށް ދިމާނުވާތީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved