March 29, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ވާހަކަ މި ދައްކަނީ ޖަޒުބާތުގައި ޖެހިގެންނެއް ނޫން، ވާހަކަ މި ދައްކަނީ ގައުމީ މައުޟޫއުއަށް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Sep 6, 2024, 03:55 AM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފްރޮންޓް އޮފީހުގައި ކުރިޔަށްދާ ޖަލްސާތަކުގައި ވާހަކަ ދައްކަވަނީ ޖަޒުބާތުގައި ޖެހިގެން ނޫންކަމަށާއި ވާހަކަ ދައްކަވަނީ ގައުމީ މައުޟޫއުތަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތެރެއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ދައްކަވާފައިވާ ވާހަކަތަކާއި މިހާރު ދައްކަމުން ގެންދާ ވާހަކަތަކާއި ދިމާނުވާތީ އެވާހަކަތައް ފްރޮންޓް އޮފީހުގެ ޖަލްސާތަކުގައި ހައިލައިޓް ކުރަމުންގެންދާކަމަށެވެ.

މިކަންކަމާ ބެހޭގޮތުން މި ސަރުކާރުގައި ތިއްބެވި އިސްބޭފުޅުން ސަރުކާރުގައި ތިއްބަވައިގެން ދައްކަވާފައި ހުރި ވާހަކަަތަކާއި އަދި އޭގެކުރިން ރައްޔިތުންގެ ވޯޓު ހޯދުމަށް ދައްކާފައި ހުރި ވާހަކަތަކާއި އެހާބޮޑަށް ބަހާއި އަމަލާ ދިމާނުވާތީ، ވިދާޅުވެފަ ހުންނަ އެއްޗަކާ ދިމާނުވާތީ އަޅުގަނޑުމެން ހައިލައިޓް ކުރާއެއްޗެހިތައް ހައިލައިޓް މި ކުރަނީ

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ފްރޮންޓް އޮފީހުގެ ޖަލްސާ ތަކުގައި ސަރުކާރުގެ ނޭދެވޭ އަމަލުތަކުގެ ވާހަކަ ދައްކާއިރު އެމަނިކުފާނުގެ އަބުރު ކަތިލުމުގެ ބަދަލުގައި ދައްކާ ވާހަކަތަކަށް ފަންނީ ޖަވާބު ދެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ.

އަދި އޭގެއިތުރުން ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ނުކުރުމަށް ގޮވާލާ ސަރުކާރުން ގެންދަނީ ދޮގު ހަދަން ވެސް ދޮގު ހަދަމުން ކަމަށާއި ދޮގުން ސަލާމަތްވާން ވެސް ދޮގު ހަދަމުންކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved