March 19, 2026
Advertisement
ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު
ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު / ރައީސް އޮފިސް

ތަރުޖަމާނު ހީނާ ނޫސްވެރިންނާ ފިލައިގެން އުޅޭތާ 99 ދުވަސް!

Aishath Naja
އައިޝަތު ނަޖާ
Sep 6, 2024, 04:25 AM
މާލެ ސިޓީ

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު، ނޫސްވެރިންނާ ފިލައިގެން އުޅޭތާ 99 ދުވަސްވެއްޖެއެވެ.

Advertisement

ހީނާ އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކޮށްފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ.

އޭގެފަހުން މިހާރު 99 ދުވަސްވެފައި ވާއިރު ހީނާގެ ހިލަމެއްނެތެވެ. ސަރުކާރުގެ ކަންކަން އޮޅުން ފިލުވުމަށް ހީނާއަށް މެސެޖް ކުރިޔަސް ގިނަ ފަހަރަށް ޖަވާބެއް ނުދެއްވައެވެ. ގުޅިޔަސް ފޯނުވެސް ނުނަންގަވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް އޮފީހުން ނޫސްވެރިންނާ ބައްދަލު ނުކުރާތާ 80 އަށްވުރެ ގިނަ ދުވަސްކޮށްފައި 25 އޮގަސްޓްގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ދުވަހު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައި ވަނީ ސަރުކާރުގެ ވަޒީރުންނެވެ. އެއީ އެ ދުވަހު ކުރިޔަށްދިޔަ ކެބިނެޓް ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް ކުރިޔަށް ގެންދިޔަ ބައްދަލުވުމެކެވެ.

އޭގެފަހުން ދެން 1 ސެޕްޓެމްބަރުގައި ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ކެބިނެޓް ބައްދަލުވުމުގެ ނިންމުންތައް ހާމަކޮށްފައެވެ. މި ބައްދަލުވުންތަކުގައި ނޫސްވެރިންނަށް ސުވާލު ކުރެވެނީ ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ނިންމުންތަކާ ބެހޭގޮތުން އެކަންޏެވެ.

ހީނާ ނޫސްވެރިންނާ ބައްދަލު ނުކުރާތީ ނޫސްވެރިންނަށް ވަނީ ގިނަ ސުވާލުތަކަށް ޖަވާބު ނުލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved