އެކްސިޑެންޓް ވި ސަރަހައްދު / އަދަދު
ހަބަރު
ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް!
Aishath Naja
އައިޝަތު ނަޖާ
07 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި، ސައިކަލް ދުއްވަން އިން ޒުވާނާ އަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލޭ ފޭސް 2 ގައި އެވެ. އެއީ ފޭސް ދޭއްގެ އެންމެ ފަހުން ހުޅުވި މިސްކިތް ހުރި ސަރަހައްދުގެ މައި މަގުގަ އެވެ.

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ އަށް ފަރުވާ ދެމުންދަނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.

އެ ޒުވާނާގެ ނަމެއް، އަދި ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved