May 27, 2026
Advertisement
ފުލުހުންގެ ހަރަކާތުގެ ތެރެއިން
ފުލުހުންގެ ހަރަކާތުގެ ތެރެއިން / ޕޮލިސް

ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމަށް ހާއްސަ ހަރަކާތެއް މިއަދު ހުޅުމާލޭގައި

Aminath Zara
އައިމިނަތު ޒާރާ
Sep 7, 2024, 07:24 PM
މާލެ ސިޓީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މިއަދު ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން ބުނީ މި ހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހި، މެރީބްރައުން ސަރަހައްދުގައިކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތް އިއްޔެ މާލޭގައި ވެސް ވަނީ ބާއްވާފައެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ފުލުހުން ބުނީ، އިއްޔެ މާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާ ކަމަށާއި، އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ދީފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved