March 20, 2026
Advertisement
އެކްސިޑެންޓް ވި ކާރު
އެކްސިޑެންޓް ވި ކާރު / ވޮއިސް.އެމްވީ

ބޮޑު ތަކުރުފާނު މަގުގައި ބުދަ ދުވަހުގެރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 8, 2024, 07:57 PM
މާލެ ސިޓީ

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

Advertisement

ބުދަ ދުވަހުގެ ރޭ ދަންވަރު 12:53ގައި،  މާލޭގެ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ވެމްކޯގެ މުވައްޒަފެކެވެ.

އެގޮތުން އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކާއެކު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަިއވަނީ، އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އަބްދުލް ލަތީފެވެ.

މިދިޔަ ތިން ދުވަހު ވެސް އޭނާ އޮތީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައެވެ. ރޭގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފައި ކަމަށާ އެކަން ފުލުހުންނަށް އާއިލާގެ ފަރާތުން އަންގާފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ހާމަކޮށްފައިވެއެވެ.

މިފަހަކަށް އައިސް މާލޭގައި ގިނަ އެކްސިޑެންޓުތަކެއް ހިނގާ ފުރާނަތަކެއް ދަނި ގެއްލެމުންނެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓްގެ 1907 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved