April 24, 2026
Advertisement
ރައީސް މުއިއްޒެވެ. މާލީ ހާލަތު ރަނގަޅުކުރުމަށް، އަދިވެސް ސިޔާސީ މަގާމުތައް މަދުކުރާކަށް ނުވިސްނަންތޯ؟
ރައީސް މުއިއްޒެވެ. މާލީ ހާލަތު ރަނގަޅުކުރުމަށް، އަދިވެސް ސިޔާސީ މަގާމުތައް މަދުކުރާކަށް ނުވިސްނަންތޯ؟ / ތޭރަގްރެފިކްސް

ރައީސް މުއިއްޒެވެ. މާލީ ހާލަތު ރަނގަޅުކުރުމަށް، އަދިވެސް ސިޔާސީ މަގާމުތައް މަދުކުރާކަށް ނުވިސްނަންތޯ؟

Aishath Naja
އައިޝަތު ނަޖާ
Sep 10, 2024, 12:38 AM
މާލެ ސިޓީ

އާރާއި ބާރާ ޝާނާ ޝައުކަތާ އޮތުމުން އެބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ގައުމު ދަވާލާކަށް އިހުލާސްތެރި ވެރިއަކު ދިމައެއް ނުކުރާނެކަން މިއީ އެއްވެސް ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. ސިޔާސީ މަގާމުތައް މަދުކުރާ ހިސާބަށް ދިޔައިމާ އެކަމުގެ ކެރުން ވެރިޔާގެ ހުންނާނެ ކަމަށް ސަރުކާރުގެ ދިފާއުފައި ޕޯސްޓް ކުރާ ދެތިން ސިޔާސީ މުވައްޒަފެއް ވަނީ ބުނެފައެވެ. ސުވާލަކީ އަދިވެސް އެ ހިސާބަށް ނުދަނީތޯއެވެ.

Advertisement

އިންސާނީ ހައްގުގެ ދާއިރާގައި ހިއުމަން ރައިޓްސް ކަމިޝަނެއް އޮވެގެން ލިބިދެވޭ އިންސާނީ ހައްގެއް ނެގެހެއްޓޭ އިންސާނީ ކަރާމާތެއް އޮންނަ ކަމަކަށް ގިނަ ރައްޔިތުން ހަގީގަތުގައި ގަބޫލެއް ނުކުރެއެވެ. އިންސާނީ ހައްގު ކަށަވަރު ކޮށްދެވޭކަން ރައްޔިތުންނަށް ކަށަވަރު ނުވަންޏާ ހިއުމަން ރައިޓްސް ކަމިޝަނެއް ބަލި ދަރިއެއްގެ ގޮތުގައި ދައުލަތުން ބޮޑެތި ހޭދަކުރުވަން އޮތުމުގެ ބޭނުމެއް ނެތްކަން ހާމަވެއެވެ.

ދެން އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނެވެ.ނަމެެއްގައި އެ މީހުން އުޅެނީ ހުއްޓާނުލާ ރެޔާއި ދުވާލު ކޮރަޕްޝަން ނައްތާލުމުގައި ކަމަށް ވެއެވެ. އެހެނެއް ކަމަކު މުޅި ގައުމު ދަނީ ކޮރަޕްޝަނުން ތަތްތެޅި ހަރާބުވަމުންނެވެ. މިހެން ކިޔާފައި ނުކިޔާނެ އެއްވެސް ތަނެއް ނެތެވެ.

ވެރިޔާއަށް ނޭނގުނަސް ކުރާ ހޭދައާއި ގާތަށްވެސް މިނިވަން މުއައްސަސާތަކުން ނެރެދެވޭ ހެޔޮ ނަތީޖާއެއް ނެތެވެ. މިނިވަން މުއައްސަސާތަކުގެ ހާލު އެގޮތަށް އޮތްއިރު ފިސްކަލް ރިފޯމުގައި ރައީސް މުއިއްޒުގެ އިހުލާސްތެރިކަމެއް ނެތެވެ.

ވެރިކަމަށް އައުމަށްފަހު 22 ވުޒާރާ ހަދައިގެން ކޮންމެތަނަކަށް ބޮޑު އިދާރީ އޮނިގަނޑެއް ހަދައިގެން ސިވިލް ސާރވިސް އޮތީ އަތްގުޅި ނުކާވަރުކޮށްލާފައެވެ. ވަޒީރުންނާއި ވަޒީރުންގެ ވަޒީރުންނާއި ވަޒީރު ފެންވަރުގެ ވަޒީރުންނާއި ސިޔާސީ ވެރިންލާ ކޮންމެ ވުޒާރާއެއް ވަނީ ދައުލަތް ކޮށާކާ މެޝީނަކަށް ހަދާފައެވެ. ރައީސް އޮފީހާއި ގަނޑުވަރުތަކުގައި ސިޔާސީ މީހުން ތިބީ ތިމާ ވަރުގެ މީހަކު ނެތިފައެވެ.

ސަސްޕެންޝަންގައި ތިން ނައިބު ވަޒީރުން ބައިތިއްބައިގެން އެތައް މިލިއަނެއް ދައުލަތުން އެމީހުންނަށް އެބަ ޚަރަދުކުރެއެވެ. ރަސްމީ ދަތުރުތަކުގެ ނަމުގައިޔާއި އެހެނިހެން ކަންކަމުގެ ނަމުގައި އަންނަނީ ދައުލަތް ނޮޅާ ކަމުންނެވެ.

ރައީސް މުއިއްޒު ވުޒާރާތަކަށާއި ކުންފުނިތަކަށް މޮޅެތި ސާކިޔުލާ ނެރެގެން ވެސް ޚަރަދެއް ކުޑައެއް ނުވިއެވެ. ނަމަވެސް ސަރުކާރުގެ އޮނިގަނޑު ކުޑަކޮށް ވުޒާރާތައް މަދުކޮށް ސިޔާސީ ވެރިން ކެނޑުމުގެ ވިސްނުމެއް ހަމަ ނެތެވެ.     

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved