

ނ.ހޮޅުދޫ ގައި 50 އަހަރުގެ އަންހެނެއް ކަރު ބުރިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހޮޅުދޫގައި އަންހެނަކު ޒަޚަމްތަކަކާ އެކު އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި މައުލޫމާތު ލިބިގެން ފުލުހުން އެޓެންޑްވެ ރަށު ހެލްތު ސެންޓަރަށް އެމީހާ ގެންދިޔަ ކަމަށާ އެމީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. މީހާ މަރުވެފައި އޮތް އިރު ކައިރީގައި ވަޅިއެއް އޮތް ކަމަށް ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފަައިވެއެވެ.
ހާދިސާގެ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.