March 15, 2026
Advertisement
ހީނާ ވަލީދު
ހީނާ ވަލީދު / ރައީސް އޮފިސް

ރަައީސްގެ ޖަވާބު ޕްރޮގްރާމާ، އަހާ ފޯރަމް ނުބާއްވަނީ ކީއްވެތޯ އެހުމުން ސަރުކާރުގެ ޖަވާބެއް ނެތް!

Aishath Naja
އައިޝަތު ނަޖާ
Sep 11, 2024, 03:51 PM
މާލެ ސިޓީ

ރައީސްގެ ޖަވާބު ޕްރޮގްރާމާ އަހާ ފޯރަމް މިހާރު ކުރިޔަށް ނުގެންދަނީ ކީއްވެތޯ ކުރި ސުވާލަށް ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދަށް ޖަވާބު ނުދެވުނުކަން ހާމަވެއްޖެ އެވެ.

Advertisement

ހީނާއަށް ޖަވާބު ނުދެވުނީ އިއްޔެ ރައީސް އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އެގޮތުން ނޫސްވެރިޔާ ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ފެއްޓެވި "ރައީސްގެ ޖަވާބު" ޕްރޮގްރާމާ ވަޒީރުން ތިއްބަވައިގެން ކުރިޔަށް ގެންދިޔަ "އަހާ ފޯރަމް" މިހާރު ކުރިޔަށް ނުގެންދަނީ ކީއްވެތޯ އަހާފައެވެ.

އެ ސުވާލަށް ޖަވާބު ދެމުން ހީނާ ވިދާޅުވީ ސަރުކާރުން މި ވީހާތަނަށް އެކި ގޮތްގޮތުން މައުލޫމާތުތައް ހާމަކޮށްފިކަމަށެވެ.

މިވީ 9 މަސްތެރޭ އެކި ގޮތްގޮތައް މައުލޫމާތު ހިއްސާކުރި ކަމަށް ހީނާ ވިދާޅުވި ނަމަވެސް ސަރުކާރުން ވަނީ އެކި އެކި ކަންކަމުގައިގައި މައުލޫމާތު ހިއްސާނުކޮށް ބަހަނާ ދައްކާފައެވެ.

އެގޮތުން ރައީސް އޮފީހަށާއި، ވުޒާރާތަކަށާއި ކުންފުނިތަކަށް ފޮނުވާ އާރްޓީއައިތަކަށް ބަރާބަރަށް ޖަވާބު ދޭކަމަށް ވިދާޅުވެ ހީނާ ވަނީ އިތުރުފުޅު ހައްދަވާފައެވެ.

މި ނޫހުގެ ފަރާތުންވެސް އެކި އެކި ފަހަރު މަތިން ހުށަހަޅާފައިވާ އާރްޓީއައިތަކަށް ރައީސް އޮފީހުން ވަނީ ޖަވާބު ނުދީ އެކި ކަހަލަ ބަހަނާ ދައްކާފައެވެ.

ހާމަކަންބޮޑު ސަރުކާރެއްގެ ގޮތުގައި ސަރުކާރުގެ ވެރިން ދައުވާކުރާއިރު ގިނަ ފަރާތްތަކުން އަންނަނީ "އަނދިރި ދައުލަތެއްގެ" ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved