May 27, 2026
Advertisement
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ / އެޑިޝަން.އެމްވީ

ޒަކިއްޔާގެ ހަށިގަނޑު ތަހުގީގަށް މާލެ ގެނެސްފި

Aminath Zara
އައިމިނަތު ޒާރާ
Sep 11, 2024, 09:29 PM
މާލެ ސިޓީ

ނ.ހޮޅުދޫގައި އަނިޔާވެރި ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ހާދިސާގެ އިތުރު ތަހުގީގަށް ބޭނުމަށް މާލެ ގެނެސްފިއެވެ.

Advertisement

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިތުރު ތަހުލީލުތަކަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ޚާއްޞަ ޓީމެއް ވަނީ އެ ރަށަށް އިއްޔެ ވަގުތެއްގައި ގޮސްފައެވެ.

މަރުވެފައި އޮއްވާ އިއްޔެ ހެނދުނު ފެނުނު ޒަކިއްޔާގެ ކަރުގައި ޒަޚަމްތަކެއް ހުރި ކަމަށާއި، އޭނާގެ ކައިރީގައި ވަޅިއެއް އޮތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަކިއްޔާ އަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެކެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ޝައްކުކުރެވޭ ކަމަށް އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު، މާބޮޑު މައުލޫމާތެއްވެސް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved