March 11, 2026
Advertisement
20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން
20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން / -

ޕީޖީ އައްޔަންކުރަން ބާއްވާ ޖަލްސާ މިރޭ!

Aishath Naja
އައިޝަތު ނަޖާ
Sep 11, 2024, 05:47 PM
މާލެ ސިޓީ

އައު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އެއް ހޮވުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލްކޮށްފި އެވެ.

Advertisement

ޕީޖީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މަސައްކަތް ކުރުމުން އެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާނޫނުގައި އޮންނަނީ ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

އެެހެންކަމުން އޭގެ ކުރިން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ހަމަކޮށް މިރޭ ޕީޖީ އައްޔަނުކުރާ ޖަލްސާ ބައްވާ ޖަލްސާ ބޭއްވުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

އާ ޕީޖީއަކު އައްޔަނުކުރާ ޖަލްސާ މިރެއަށް ތާވަލުކުރި ނަމަވެސް  ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ބޭފުޅެއްގެ ނަން މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައެއް ނުވެ އެވެ.

ނަމަވެސް ތުންތުންމަތިން އަޑުއިވިފައިވާ ގޮތުން ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މުހުތާޒް މުހުސިން އެ މަގާމަށް އަނބުރާ ގެނައުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved