March 11, 2026
Advertisement
ތަރުޖަމާނު ހީނާ ވަލީދު
ތަރުޖަމާނު ހީނާ ވަލީދު / ރައީސް އޮފިސް

މެމްބަރުންނަށް ބައި ލައްކަ ދިންކަމަށް ބުނެ ޚަބަރު ޝާއިއު ކުރި ނޫހަށް ސަރުކާރުން ގާނޫނީ ފިޔަވަޅު އަޅަނީ

Aishath Naja
އައިޝަތު ނަޖާ
Sep 12, 2024, 05:58 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ބައި ލައްކަ ރުފިޔާ ކޮންމެ މަހަކު ދޭކަމަށް ބުނެ އޭގެ ޑޮކިޔުމެންޓަރީއެއް ހަދައި ޚަބަރު ޝާއިއު ކުރި އޮންލައިން ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

Advertisement

ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ރައީސް މުއިއްޒު ފައިސާ ބަހާކަަމުގެ ހެކި ހުރި ޑޮކިޔުމެންޓަރީ އަކާއި ޚަބަރެއް އާންމުކޮށްފައި ވަނީ އިއްޔެއެވެ.

އެހެންކަމުން އެކަން ދޮގުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދެއްވާފައެވެ.

އެގޮތުން ހީނާގެ އެ ޕޯސްޓްގައި ހީނާ ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތުން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދިން ކަމަށް ބުނެ ޝާއިއުކޮށްފައި ވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށެވެ.

ހީނާ ވިދާޅުވީ އެއީ ރައީސްއަށް ނިސްބަތްކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ފެތުރި ހަބަރެއްކަމަށެވެ.

ހީނާ އެކަން މީގެ ކުރިންވެސް ވަނީ ދޮގުކޮށްފައެވެ. އެހެންނަމަވެސް ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ އެއީ ތެދެއްކަން ތޭރައޮންލައިން އަށް ވެސް ކަށަވަރު ކޮށްދެއްވާފައެވެ.

މިފަދަ ބޮޑެތި ޖަރީމާތައް ހިންގާކަމުގެ ވާހަކަތައް އާންމު ރައްޔިތުންނާ ހަމަޔަށް ގެނެސްދޭ ނޫސްތަށް ސަރުކާރުން ވަނީ ބްލެކްލިސްޓް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved