March 1, 2026
Advertisement
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ / ސޯޝަލް މީޑިއާ

ހައުސިން މިނިސްޓްރީން އަމިއްލަ ކުންފުންޏަކަށް 8 ލައްކަ ރުފިޔާ ދައްކަން ހުކުމް ކޮށްފި

Aishath Naja
އައިޝަތު ނަޖާ
Sep 14, 2024, 07:36 PM
މާލެ ސިޓީ

ހައުސިން މިނިސްޓްރީއިން ކޮންޓްރެކްޓް ޕްރައިވެޓް ލިމިޓެޑަށް 818،441 (އަށް ލައްލަ އަށާރަ ހާސް ހަތަރު ސަތޭކަ ސާޅީސް އެއް) ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

Advertisement

މި ފައިސާއަކީ ގްރީން އޮފީސް ބިލްޑިން އިމާރާތް ކުރުމުގެ ޕްރޮޖެކްޓުގައި އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ނުދައްކާ އޮތް އަގުކަން ހާމަވެއެވެ.

މި ދަޢުވާ އަމާޒުވެފައިވަނީ ކުރީގެ ސަރުކާރުގައި ހިނގަމުން އައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރއާ ދެކޮޅަށް ކަމުގައިވިއަސް ދަޢުވާ އުފުލާފައިވަނީ މިދިޔަ މާރޗު މަހުގެ 19 ވަނަ ދުވަހުކަން ފާހަގަކޮށްލެވެ އެވެ.

މިހާރު އެ މިނިސްޓްރީގެ ނަން ބަދަލުވެފައިވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓަށެވެ.

އެގޮތުން މިނިސްޓްރީން ދަޢުވާއަށް ޖަވާބުދާރީވެފައިވަނީ މުއްދަތު ހަމަވުމަށްފަހުގައި ކަމަށްވުމާއެކު، ކޯޓުން ވަނީ އެ ޖަވާބު ބަލައިނުގަތުމަށް ނިންމާފައެވެ.

އެހެންކަމުން، މިނިސްޓްރީން ދަޢުވާއަށް ވަކި ޖަވާބެއް ނުދޭ ކަމަށް ނިންމައި، ކޯޓުން ވަނީ ކޮންޓްރެކްޓް ޕްރައިވެޓް ލިމިޓެޑްގެ އެދުމާ އެއްގޮތަށް 818،441 (އަށް ލައްލަ އަށާރަ ހާސް ހަތަރު ސަތޭކަ ސާޅީސް އެއް) ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށް މިނިސްޓްރީއަށް އަމުރުކޮށްފައެވެ.

ކުރީގެ ސަރުކާރުން ގްރީން އޮފީސް ބިލްޑިން ބޭނުންކޮށްފައިވަނީ ތިމާވެއްޓާ ބެހޭ ޕްރޮޖެކްޓެއް ހިންގުމަށެވެ. މި އިމާރާތަކީ ބްރީމް ސެޓިފިކެޓް ލިބިފައިވާ އިމާރާތެއްކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved