theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
Yana Shareef
ޔާނާ ޝަރީފް
30 ސެޕްޓެމްބަރު 2025

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ އުފައްދަަވައި ހިންގެވި ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އޮފީސް ހިންގި ތަނަށް ކުލި ނުދައްކައިގެން އެ ތަނުގެ ވެރިފަރާތުން ކޯޓަށް ގޮސްފި އެވެ.

މެންބަރުން ހަމަނުވެގެން މިހާރު އުވާ ވެސް ލާފައިވާ އެމްޓީޑީން އޮފީސް ހިންގި ތަނަށް ކުލި ނުދައްކާކަން އެނގުނީ، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލްކޮށް އިއްޔެ އެ ކޯޓުން ނެރުނު ހުކުމުންނެވެ.

ތަނުގެ ވެރިފަރާތުން އެމްޓީޑީއަށް ދައުވާކޮށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ މިދިޔަ އޭޕްރީލްގެ ނިޔަލަށް ތަނުގެ ކުއްޔަށް އަރާފައިވާ 380،000ރ. ހޯދުމަށާއި އަދިވެސް ތަން ހުސްނުކުރާތީ، އޭޕްރީލްގެ ފަހުން ތަން ހަވާލުކުރަންދެން ހިނގާ ކޮންމެ މަހަކަށް 30،000ރ.ގެ މަގުން އެއްފަހަރާ އެ ފައިސާ ހޯދުމަށާއި ގާނޫނީ ވަކީލުންނަށް ހަރަދުކުރަން ޖެހުނު 25،920ރ. ވެސް އެމްޓީޑީގެ ފަރާތުން ހޯދައިދިނުމަށް ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅި ފަހުން އެމްޓީޑީން ޖަވާބުދާރީނުވާތީ، ގައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް ތަނުގެ ވެރިފަރާތުން އެދުނެވެ.

ނަމަވެސް އެ ގޮތަށް އެދުނީ އެ ކަމަށް އޮންނަ އިޖުރާއަތްތައް ފުރިހަމަކޮށް އެ ކަމަށް ހާއްސަ ފޯމަކުން ނޫން ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވެ އެވެ. އެހެންކަމުން ކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފައެވެ.

މައްސަލަ ބާތިލްކުރި ނަމަވެސް އެ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން، ހުށަހަޅަން ޖެހޭ ފޯމާ އެކު މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު އޮންނާނެކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved