March 1, 2026
Advertisement
ވެމްކޯގެ ޕިކަޕެއް.--
ވެމްކޯގެ ޕިކަޕެއް.-- / މިހާރު

އެއް މިލިއަން ރުފިޔާ ދައްކަން ވެމްކޯގެ މައްޗަށް ހުކުމެއް

Sudha Latheef
ސުދާ ލަތީފް
Aug 10, 2025, 06:54 PM
މާލެ ސިޓީ

އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

Advertisement

ސޯލްޓްސް އެންޑް ސޭންޑްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ސިވިލް ކޯޓުގައި ވެމްކޯއާ ދެކޮޅަށް ދައުވާކުރީ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ. އެއީ އެ ކުންފުނިން ވެމްކޯއަށް ސަޕްލައިކުރި މުދަލަށް ދައްކަން ޖެހޭ ފައިސާ އެވެ.

މި ދައުވާކުރުމާ އެކު ވެމްކޯއިން ވަނީ އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ތެރެއިން 115،428ރ. ކުރިން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ބުނެ ވެމްކޯއިން ކޯޓަށް ލިޔެކިޔުން ހުށަހެޅި އެވެ.

ކޯޓުން ކަނޑައެޅީ އެ އަދަދު އުނިކުރުމަށް ފަހު، މުދަލަށްވާ ފައިސާގެ ބާކީ 1.16 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ވެމްކޯއިން ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ދައްކަން ޖެހޭ ފައިސާއެއްކަން ވެމްކޯއިން ގަބޫލުކުރާ ހާލަތުގައި އެ ފައިސާ ނުދައްކާ ތިބުމުގެ ސަބަބުން އަމިއްލަ ކުންފުނިން ކޯޓަށް ދާން ޖެހުމަށް ދިޔަ ހަރަދު ވެސް ވެމްކޯއިން ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ. އެއީ 50،000ރ. އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved