March 19, 2026
Advertisement
ވަކީލު އާސިފް ޕީއެންއެފް ޖަލްސާގައި
ވަކީލު އާސިފް ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

މެމްބަރުންނަށް ފައިސާ އެގޮތަކަށް ނުބެހޭނެ، އެއީ ރިޝްވަތު: އާސިފް

Aishath Naja
އައިޝަތު ނަޖާ
Sep 14, 2024, 08:22 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަތުން ކޮންމެ މަހަކު ބައި ލައްކަ ރުފިޔާ އެއް ނުދެވޭނެ ކަމަށާއި ދެންޏާ އެއީ ރިޝްވަތުކަމަށް އުސްތާޒް އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.

Advertisement

އާސިފް މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އާސިފް ވިދާޅުވީ ރާއްޖޭގެ ވެރިކަން އެތައް ބަޔަކު ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިއީ އަލަަށް ރާއްޖޭގައި ހިނގަން ފެށިކަމެއް ކަމަށާއި މި ކަމަކީ އެއްވެސް ހާލަތެއްގައި ކުރެވިގެން ވާނެވަރުގެ ކަމެއް ނޫންކަމަށް އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ މެމްބަރުންނަކީ އިހްތިރާމް ކުރާ ބައެއްކަމަށެވެ. އެހެންނަމަވެސް އެ ފަދައިން ރިޝްވަތުގެ ފައިސާ ނަގާހާ ހިނދަކު އެއްވެސް ވަރަކަށް އިހުރިތާމް ނުކުރެވޭނެކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

ސަރުކާރުން ހަދާ ގޯސްތައް ރަނގަޅު ކުރަން ނޫނީ، މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާ ވިޔަސް އެހެން މީހެއް ވިޔަސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކޮށް، ކަންކަން ކުރަން ނޫނިއްޔާ އެމީހަކު އިމްޕީޗްކުރަން ޖެހިއްޖާ ކުރަން ތިބޭ މެމްބަރުން އަޅުންނަށްވުރެ ދަށެއް ނޫންތޯ

އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ މެމްބަރުންނަކީ ސަރުކާރުން ހަދާ ގޯސްތައް ރަނގަޅު ކުރުމަށް، ސަރުކާރުު ޖަވާބުދާރީ ކުރުވުމަށް ތިބެން ޖެހޭ ބައެއް ކަމަށެވެ.

އެހެން ނަމަވެސް ފެނިގެން މިދަނީ މެމްބަރުން ވެރިޔާ އަތުން ކޮންމެ މަހަކު ބައި ލައްކަ ރުފިޔާ ނަގައިގެން އުޅޭ މަންޒަރުކަމުން އެފަދަ މެމްބަރުންނަކީ އަޅުންނަށްވުރެ ވެސް ދަށް ބަޔެއް ކަމަށް އާސިފް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved