އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް / ސޯޝަލް މީޑިއާ
ސިޔާސީ
އާސަންދައިން އާއްމު ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ހާމަކުރުން ކުށްވެރިކުރާކަމަށް ފައްޔާޒް ވިދާޅުވެއްޖެ
Aishath Naja
އައިޝަތު ނަޖާ
14 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ދިވެހި ރައްޔިތެއްގެ ބޭސްފަރުވާގެ ތަފްސީލު އާސަންދައިން ހާމަކުރުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާގައި ފަރުވާ ދެމުންދާ އުމުރުން 65 އަހަރުވީ ދިވެހި ފިރިހެނެއްގެ ބަލީގެ ތަފްސީލު އާސަންދައިން ހާމަކުރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ރައްޔިތަކު ބޭސްފަރުވާ ހޯދަމުންދާ ބަލީގެ ތަފްސީލު އެގޮތަށް އާއްމުކުރުމަކީ ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެނާގެ ޒާތީ ދިރިއުޅުމުގެ ހުރުމަތްތެރިކަން ނަގައިލުން ކަމަށެވެ.

ހަމަ އެހެންމެ ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މަގާމުތަކަށް މުސާރައިގެ ގޮތުގައި ދައުލަތުން ހޭދަކުރާ ފައިސާގެ އަދަދު ހާމަކުރުމަށް ތަކުރާރުކޮށް ސަރުކާރުން ދެކޮޅު ހަދަމުންދާ އިރު  އާއްމު ރައްޔިތެއްގެ ޒާތީ މައުލޫމާތު ހާމަކުރުން ކުށްވެރިވެސް ކުރާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެކި ތަންތަނުން އާސަންދައިގެ ހިދުމަތް ކެނޑެމުންދާކަމާއި ޑޮކްޓަރަށް ދެއްކުމަށާއި ބޭސް ނެގުމަށް އާސަންދައިން ކަވަރުކުރާ މިންވަރު މަދުކުރަމުންދާކަން ސަރުކާރުން ދޮގުކުރިޔަސް، އެކަމުގެ ދަތިކަން ތަހައްމަލުކުރަނީ ރައްޔިތުންކަމުގައި ވީތީ، ރައްޔިތުން އެވާހަކަ ދައްކާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved