March 18, 2026
Advertisement
ފިއްލަދޫ ކައުންސިލް އިދާރާގެ މުވައްޒަފުން
ފިއްލަދޫ ކައުންސިލް އިދާރާގެ މުވައްޒަފުން / ފޭސްބުކް

ފިއްލަދޫ ކައުންސިލަށް ކޮރަޕްޝަންގެ ތުހުމަތު، އޭސީސީން ކައުންސިލް އޮފީސް ބަލާ ފާސްކޮށްފި!

Sep 14, 2024, 09:22 PM
މާލެ ސިޓީ

ހއ. ފިއްލަދޫގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިންގާފައި ވާކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން( އޭސީސީ) ގެ ޓީމެއް އެރަށަށް ގޮސް ކައުންސިލް އިދާރާ ފާސްކޮށްފި އެވެ.

Advertisement

ތޭރައޮންލައިން އަށް މައުލޫމާތު ދިން ފަރާތެއް ބުނީ އޭސީސީގެ ޓީމެއް މިހާރު އެ މައްސަލަ ތަހުގީގު ކުރުމަށް ފިއްލަދޫގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ.

އަދި އެ ޓީމުގައި ހިމެނެނީ ދެ އަންހެހުންނާ ދެ ފިރިހެހުންކަމަށެވެ. އެ ޓީމް ފިއްލަދޫއަށް ގޮސްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގައި ކަމަށާއި، އެ ޓީމް އެ ރަށަށް ދިޔައީ އެ ރަށުގެ ކައުންސިލަށް ވެސް ނާންގާކަމަށް އެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

އަދި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެ ޓީމް ވަނީ ކައުންސިލް އިދާރާއަށް ވަދެ ބަލައި ފާސްކުރަން ފަށާފައެވެ.

އެގޮތުން ކައުންސިލްގެ ލިޔެކިޔުންތައް ފޮޓޯ ކޮޕީ ހައްދައި، އެތަން ބަލައި ފާސްކުރުމުގައި އޭސީސީގެ ޓީމް ވަނީ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތަކާ ހަމައަށް ހަރަކާތްތެރި ވެފައި ކަމަށް ވެސް އެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މިކަމާ ގުޅިގެން އަދި އޭސީސީގެ ބަހެއް ލިބިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved