February 20, 2026
Advertisement
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް / ސޯޝަލް މީޑިއާ

ބޮޑެތި ޖަމާއަތުގައި ނަމާދު ކުރާއިރު ކުރުކޮށް ކިޔެވުމަށް އިލްތިމާސްކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Sep 14, 2024, 09:22 PM
މާލެ ސިޓީ

ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ޤުރުއާން ކިޔަވާއިރު ކުރުކޮށް ކިޔެވުމަށް އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފި އެވެ.

Advertisement

މިނިސްޓަރގެ އެކްސް އެކައުންޓް އިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމަށް ޝަކުވާ އަންނަމުންދާ ކަމަށެވެ.

އެގޮތުން މި ފަދަ ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށާއި ޖަމާޢަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ވިއްސާރަވާ އިރު ވިއްސާރައިގަ އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާޢަތުގެ ބޮޑު ބައެއް އޮންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ފިޤުހުވެރިކަމުގެ ތެރެއިންވާކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved