May 27, 2026
Advertisement
ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް އަޑު އުފުލަނީ
ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް އަޑު އުފުލަނީ / ސޯޝަލް މީޑިއާ

ބައްޕައަކު އޭނާގެ ދެ އަންހެން ދަރީންނަށް ޖިންސީ ގޯނާކުރި މައްސަލައެއް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 16, 2024, 02:21 PM
މާލެ ސިޓީ

ބައްޕައަކު އޭނާގެ ދެ އަންހެން ދަރީންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Advertisement

ފުލުހުން ބުނީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް މައްސަލަ ހުށަހެޅުމާ އެކު ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އުމުރުން 42 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ ދެ އަންހެން ދަރިންގެ އިތުރުން އާއިލީ ގޮތުން ގުޅުން އޮންނަ އެހެން އަންހެން ކުއްޖަކަށްވެސް ޖިންސީ ގޯނާކޮށްފައެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ވަރަށް މުޑުދާރު އަމަލުތައް ހިންގުމުގެ މައްސަލަތައް ހިމެނެ އެވެ. ފުވައްމުލަކު ސިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް، ޒިންމާދާރު މަގާމެއް ގައި ހުރި މީހަކު ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ހުށައެޅި އެ މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ.

މެދު އަތޮޅުތަކުގެ ރަށެއްގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އެ ފިރިހެން ކުއްޖާ، ކުޑަ އަންހެން ކުއްޖާ ފަޅުތަނަކަށް ގެންގޮސް އެ އަމަލު ހިންގީ ކާ އެއްޗެއް ދޭން ކަމަށް ބުނެ އޮޅުވާލައިގެން ގެންދިއުމަަށް ފަހު ކަމަށް ވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved