މި މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭގާއި ދަންވަރު، ކާރުގެ ޒޯން މައްސަލައަކާއި ލައިސަންސް ފީ މައްސަލާގައި ހައްޔަރު ކުރި ރ. އަލިފުށި، ސިތުރާ، ހަސަން ސައީދަށް ފުލުހުންގެ ހިދުމަތުން އަނިޔާކުރިކަން ހާމަވެއްޖެއެވެ.
ހަސަން އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ރޭ ކަން ހިނގާދިޔަ ގޮތުގެ ވާހާކަ ތަފްސީލާއެކު ހިއްސާކޮށްފައެވެ. އެގޮތުން ފުލުހުން އޭނާގެ އަތުގައި ލައިސެންސް ނެތްކަމަށް ބުނެ މީިޑިޔާތަކަށް ދެއްވާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަން އޭނާގެ ޕޯސްޓުން ހާމަވެއެވެ. ފުލުހުން އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށް ބުނި އިރު، އޭނާ އަތުގައި ލައިސެންސް އެބަތެވެ. ލައިސަންސްގެ މުއްދަތު ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު މުއްދަތު ހަމަވެފައެވެ.
އެހެންކަމުން ކާރުގެ ޒޯން މައްސަލައަކާއި ލައިސަންސް ފީ މައްސަލާގައި ޓޯކުރާނެ ވާހަކަ ފުލުހުން ބުންޏެވެ. ޤަވަޢިދުގެ ތެރެއަށް ކާރު ގެނެސް އިތުރު ފުރުސަތެއް ދިނުމަށް ހަސަން ވަރަށް އެދުނެވެ.އިރުކޮޅަކުން ފުލުހުންގެ އިތުރު ވެހިކަލެއް އައިސް ފުލުހަށް ކާރު ގެންދަން އުޅޭ ވާހަކާޔާއި ފުލުހަކާއި އެކު ހަސަނު ކާރުގައި ދާން އެދުނު ކަމަށް ވެސް ހަސަން ވަނީ ޕޯސްޓްގައި ބުނެފައެވެ.
އެހެން ނަމަވެސް ކާރަކީ ހަސަން ވަރަށް ބަލައިގެން އުޅޭ ކާރެއް ކަމުން ކާރު ޓޯރނުކުރާނެ ކަމަށް ހީކޮށް ޕާކް ކުރަން ފުރުސަތަކަށް އެދުނުކަމަށާއިނ އެފުރުސަތު ފުލުހުން ދިން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ހަސަން އިތުރަށް ބުނީ ޕާރކްކޮށްފައި ފުލުސް ވެހިކަލުގައި ދެވޭނެ ކަމަށް ފުލުހުން ބުނުމުން ކާރު ޕާރކްކޮށް ކާރުން ނިކުންތަނާ ކުއްލިޔަކަށް ބިންމައްޗަށް ވައްޓައި މޫނަށް ޕެޕަރ ޖަހާ ބާރަށް ބިޑި އެޅުވިއެވެ. ވެހިކަލް ތެރޭ މޫނަށް ޕެޕަރ ޖެހީ ކާކުތޯ އާއި ސަރވިސް ނަންބަރު ބުނުމަށް ހަސަނު އެދުނެވެ. އެވަގުތު ބަންގީގެ އަޑު އިވެމުން ދިޔަ ވަގުތު ކަމަށް ވާތީ ޕެޕަރ ޖެހީ މުދިމު ކަމަށް ، މަލާމާތާއި އެކު ފުލުހުން ހެމުން ޖަވާބު ދިންކަމަށާއި ތަދުވެ ލޭ ކޮށޭތީ، ބިޑި ދޫކުރުމަށް ހަސަން އެދުމުން ވަރަށްހުތުރު ބަހުން މުޢާމަލާތްކޮށް ތިހުރީ އެންމެ ދޫވާވަރަށް ދޫދީފައި ކަމާއި ދެން އެހެން ވަރެއް ނުވާނެ ކަމަށްވެސް ފުލުހުން ބުނި ކަމަށް ހަސަން ބުންޏެވެ.
މިފަދަ ކުދި ޓްރެފިކް ވައިލޭޝަން ފަދަ ކަންކަމުގައި އެކްސެސިވް ފޯރސް ބޭނުން ނުކުރެވޭނޭ ކަމަކީ ވެސް ޤާނޫނުގައި އޮތް ކަމެކެވެ. ޓޯ ކުރުމާއި ޖޫރިމަނާ ކުރުން ބަލައިގަނެވޭނެކަމަށް ހަސަން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުލުހުންގެ މުއައްސަސާއިން މުޅި މީޑިޔާއަށް ބޭޒާރުކޮށް ، ދިން ލާއިންސާނީ އަދަބު ޕެޕަރ، ބިޑި ، ކޯޓު މުއްދަތަށް ވެއްދުން އެކަންކަމީ ސަބަބުވެރި އިންސާނަކަށް ޖަސްޓިފައި ކުރެވޭ ކަންކަމެއް ނޫންކަމަށް ހަސަން ވަނީ ބުނެފައެވެ. ހަސަނު ޤާނޫނާއި ޚިލާފުވީ ކަމަށް ވުރެ ފުލުހުން ޤާނޫނާއި ޚިލާފަށް ކުރި ކަންކަން މާބޮޑެވެ.