March 20, 2026
Advertisement
އައްބާސް ޕީޖީގެ މަގާމަށް ގެނައުމަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ނިންމާފައި
އައްބާސް ޕީޖީގެ މަގާމަށް ގެނައުމަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ނިންމާފައި / -

ޕީޖީގެ މަގާމަށް އައްބާސްއަށް ރުހުންދިނުމަށް މަޖިލީހުން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 17, 2024, 12:54 AM
މާލެ ސިޓީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ ހ. ޔެލޯރޯސް، އައްބާސް ޝަރީފް އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

Advertisement

ޖުޑިޝަރީ ކޮމިޓީއަށް އައްބާސް މިއަދު ހާޒިރުކޮށް ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށްފަހު އޭނާއަށް 93.91 ޕަސަންޓް މާކްސް ދީފައިވެއެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ފާސްކުރި ކޮމިޓީގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ވޯޓާ އެކު އިއްތިފާގުންނެވެ.

ޕީޖީގެ މަގާމު ހުސްވުމާއެކު އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ އައްބާސްގެ ނަމެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް މާދަމާ ވަނީ ދައުރުން ބޭރުން މަޖިލީސް ޖަލްސާއެއް ތާވަލުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved