April 3, 2026
Advertisement
ވަކީލް އާސިފް
ވަކީލް އާސިފް / ތޭރަ އޮންލައިން

ޝަރުއީ ދާއިރާއަށް ރައީސް އޮފީހަކުން ނުފޫޒު ނުފޯރުވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ދައުލަތުގެ އެހެން މުއައްސަސާއަކުން ނުފޫޒު ނުފޯރުވާނެ އެކޭ ނުބުނޭ: އާސިފް

Aishath Naja
އައިޝަތު ނަޖާ
Sep 17, 2024, 02:37 AM
މާލެ ސިޓީ

ޝަރުއީ ދާއިރާއަށް ރައީސް އޮފީހަކުން ނުފޫޒު ނުފޯރުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއްފަހަރުވެސް ދައުލަތުގެ އެހެން މުއައްސަސާއަކުން ނުފޫޒު ނުފޯރުވާނެކަމަށް ވިދާޅުވެފައި ނުވާކަމަށް ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.

Advertisement

އާސިފް މިފަދައިން ވިދާޅުވެފައި ވަނީ ޗެނަލް 13 ގެ "ސިޔާސީ ދައުވާ" މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އަދުގެ ސަަރުކާރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާފާނެކަމަށް ގަބޫލުކުރައްވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާސިފް ވިދާޅުވީ ނުފޫޒު ފޯރުވާނެކަމީ އޭގައި އެއްވެސް ޝައްކެއް އޮތްކަމެއް ނޫންކަމަށެވެ.

އާސިފް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައުމުގެ ކުރިން ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރުގައި ވެސް ޝަރުއީ ދާއިރާއަށް ރައީސް އޮފީހުން ނުފޫޒު ފޯރުވުން ހުއްޓާލާނެ ކަމަށް ވިދާޅުވި ކަމަށާއި އޭގެއިތުރުން ވެރިކަމުގެ ހުވާ ކުރައްވާ ދިވެހިރާއްޖޭގެ ރައްޔިތުންނާ މުޙާތަބުކުރައްވާ ދެއްވެވި އެންމެ ފުރަތަމަ ތަގުރީރުގައި ވެސް ރައީސް އޮފީހުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަށް ވިދާޅުވި ކަމަށެވެ.

އެހެން ނަމަވެސް އެއްމެ ފަހަރަކުވެސް ދައުލަތުގެ އެހެން މުއައްސަސާއަކުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނަމެކޭ ވިދާޅުވެފައި ނެތްކަމަށް ވިދާޅުވެ ވަކީލް އާސިފް ވަނީ ރައީސް މުއިއްޒުގެ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved