މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ)ގެ ފައިސާއިން އަހުމަދު އަދީބު އަތުން ފައިސާ ނެގި މީހުންގެ ލިސްޓު ހާމަކުރަން ފުލުހުންނަށް ނުކެރިގެން އުޅެނި ކިއްވެތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީންގެ ސުވާލެއް ހޯމް މިނިސްޓަރަށާ ފުލުހުންގެ ކޮމިޝަނަރަށް އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ މި ސުވާލު އަމާޒުކުރައްވާފައިވަނީ ދަ ފްރޮންޓު އޮފީހުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައަކީ ވެސް ވެރިކަމަށް އައުމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ނެންގެވި މައްސަލައެއް ކަމަށަ ރައްޔިތުންނަށް އެ މައްސަލަ ބޭނުންކޮށްގެން ދަލަ ދެއްކެވި ކަމަށެވެ.
އެގޮތުން ރައީސް ޔާމީނަށް އެކަނި އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާ ކުރަނީ ފްރޭމުކޮށްގެން ކަމަށް އޭރު ވިދާޅުވި ބޭފުޅުން މިއަދު އެވާހަކަ ނުދައްކަވާ ސަބަބަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ މީގެ ކުރީ ސަރުކާރުގައި އެމްއެމްޕިއާރުސީގެ ލިސްޓު ހާމަނުކޮށްގެން އަޑު ގަދަ ކުރި ބޭފުޅުންގެ ސަރުކާރުގައި އެ ލިސްޓު ހާމަނުކުރަނީ ވަކި ކީއްވެތޯ އައްސަވާފައެވެ.
ގައުމީ ސަލާމަށް ކޮން ނުރައްކަލެއް ވެގެން ތޯ އެ ލިސްޓު ފުލުހުން ހާމަނުކޮށްގެން އުޅެނީ. އެމްއެމްޕިއާރުސީ ކިޔާނާތުގެ ފުރިހަމަ ލިސްޓު އޮންނާނީ ފުލުހުން އަތުގައި. ހޯމު މިނިސްޓަރު އިހުސާނަށާ ސީޕީ ޝުޖާއުއަށް މި ލިސްޓު ހާމަކުރަން ނުކރެނީ ކިއްވެތޯ. އޭގައި ރައީސް މުއިއްޒުއާ އަދުރޭގެ ނަން އޮތުމުން ތޯ ގައުމީ ސަލާމަތަށް ނުރައްކާ ވަނީ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ފުރިހަމަ ލިސްޓު ޙާމަކުރަން މި ސަރުކާރަށް ވެސް ނުކެރޭނެ ކަމަށާ ސަބަބަކީ ލިސްޓު ހާމަކޮށްފި ނަމަ އަދީބުގެ ދިފާއުގައާ އަދި އަދީބު ބައިވެރިކޮށްގެން މިހާރު ސަރުކާރުން ޖަހަމުން ދާ ސަކަރާތުގެ ހަގީގަތް ރައްޔިތުން ނަށް ވެސް އނެގޭނެތީ ކަަމށް ރައީސް ޔާމީން ވިދާޅުވިއެވެ.