March 13, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

އަދުރޭއަކީ ލައިބިލިޓީއެއްކަން ދަނީ ސާބިތުބަމުން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 17, 2024, 06:15 PM
މާލެ ސިޓީ

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުރި އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) އަކީ ލައިބިލިޓީއެއްކަން ނުވަތަ ގައުމަށް ހުރި ގެއްލުމެއް ކަން ދަނި ސާބިތުވަމުން ކަމަށް ޕިއެންއެފްގެ ސެކެރެޓަރީ ޖެނެރަލު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހުގެ ޕޯސްޓުގައި ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި އަދުރޭ އޭނާގެ މާލީ ހާލަތާ ނުބައްދަލު އަގެއްގައި ފެލްޓުތަކެއް ގަތްކަން ހާމަވާ ސިޓީތަކެއް ކޮޕީ ހިއްސާކޮށްފައެވެ.

މަލީހު އިތުރަށް ވިދާޅުވެފައިވަނީ އަދުރޭ އިސްތިއުފާ ދޭން ޖެހޭ ކަމަށާ އަދި އޭސީސީ ފަދަ މުއައްސަސާތައް ކޮބައިތޯވެސް މަލީހު ސުވާލުކުރައްވާފައިވެއެވެ.

މަލީހު ވިދާޅުވެފައިވަނީ އެ ފްލްޓުތައް އަދުރޭ ގަތްކަން ޙާމަވާން ހުރި ތާރީޚުތަކުގެ ދުވަސްވަރު އަދުރޭ ބުނެފައިވަނީ އޭރު އޭނާގެ އަތުގައި ގޭގެ ކަރަންޓު ބިލުވެސް ދެއްކޭނެ މިންވަރުވެސް ނެތް ވާހަކަ ކަމަށާ އަދި ކުރި އަޅު މަސައްކަތްކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މިއީ މަޖިލީހުގެ ކޮމިޓީއަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved